މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލުކުރުން

                   އިޢުލާން

 

ރައްޔިތުންނާއި ބައްދަލުކުރުން

 

                     ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 7/2010) ގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮންމެ އަހަރަކު ފެބްރުއަރީ މަހުގައި ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ ބައްދަލުވުން 2023 ފެބުރުވަރީ 23 ވާ ބުރާސްފަތި ދުވަހުގެ 20:45 ގައި ހިދަޔާ ޕްރީސްކޫލްގައި  ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

                     ތިރީގައިމިވަނީ މިޖަލްސާ ކުރިއަށްދާނެގޮތުގެ އެޖެންޑާއެވެ.

 

  • ކީރިތި ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފެށުން
  • ކިހާދޫ ކައުންސިލްގެ ރަޢީސްގެ ވާހަކަފުޅު ދެއްކެވުން
  • ކިހާދޫ ކައުންސިލްގެ 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އަދި މާލީ ރިޕޯޓް އިއްވުން
  • ކިހާދޫ އ.ތ.މ ކޮމެޓީގެ 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އަދި މާލީ ރިޕޯޓް އިއްވުން
  • ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދިނުން

 

                މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

 

              24  ރަޖަބު   1444ހ.

              15 ފެބްރުއަރީ  2023މ.

 

                                                 

 

      

                                                              ޙުސައިން ޝާފިޢު

                                                             ކައުންސިލްގެ ރައީސް

15 ފެބުރުވަރީ 2023
ހޯދާ