މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނީގެ ފަރާތުން ކުރުމަށް ހަމަޖެހިފައިވާ 1444 ވަނަ އަހަރުގެ ރަމަޟާން ޢުމްރާ ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދެއްވާނެ ފަރާތްތައް ހޯދުމަށް، 02 ފެބްރުއަރީ 2023 ގައި ކޮށްފައިވާ ނަންބަރު (IUL)MHCL-HRM/OPE/2023/1 އިޢުލާނަށް އިޖާބަދީ އެކަށީގެންވާ ޢަދަދެއްގެ ފަރާތްތަކުން ކުރިމަތިލާފައި ނުވާތީ އެމަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

މަޤާމު:

އެހީތެރިން (ފިރިހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • އަސާސީ ތަޢުލީމު ޙާޞިލްކޮށްފައިވާ ފާރާތެއްކަމުގައި ވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

މަސްއޫލިއްޔަތު:

  • ކެއުމުގެ އިންތިޒާމް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެންދިޔުމަށްޓަކައި ކައްކާއިންގެ އިރުޝާދުގެ ދަށުން މަސައްކަތްކުރުން.
  • މެސް ރޫމާއި ހަވާލުވެ ހުންނަ ފަރާތުގެ އިރުޝާދުގެ ދަށުން މެސްރޫމްގެ މަސައްކަތްކުރުން.
  • ބާޒާރުން ގަންނަންޖެހޭ ތަކެތި ހޮޓަލަށް ގެނައުން.
  • ޢުމްރާވެރިންނަށް ދިމާވާ އެކިއެކި ކަންކަން، ކުންފުނީގެ އިސް މުވައްޒަފުންގެ އިރުޝާދުގެ ދަށުން ޙައްލުކުރުން.
  • ދަތުރުގައި ދިމާވާ އެހެނިހެން ކަންކަމުގައި ކުންފުންޏަށް އެހީތެރިކަން ފޯރުކޮށްދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ޙައްޖު އަދި ޢުމްރާ ދަތުރުތަކުގައި ހިލޭސާބަހަށް މަސައްކަތްކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު (މިފޯމު ކުންފުނީގެ ވެބްސައިޓް www.mhcl.mv އަދި ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުން.

ސުން ގަޑި:

  • 21 ފެބްރުއަރީ 2023 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  • މި މަޤާމްތަކަށް މީހުން ހޮވުމުގައި ޢަރަބި ބަސް ނުވަތަ އުރުދޫ ބަހުން މުޢާމަލާތްކުރަން އެނގޭ، ޙައްޖު އަދި ޢުމްރާގެ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެ ނަމަ އެންމެ އެކަށީގެންވާ ފަރާތްތަކަށް ފުރުޞަތު ދެވޭނެއެވެ.
  • މި އިޢުލާނުގެ ދަށުން ނަގާ އެހީތެރިންގެ އަދަދު ކަނޑައަޅާނީ މި ކުންފުނީގެ ޙަވާލުގައި ދަތުރުކުރާ ޢުމްރާވެރީންގެ އަދަދަށް ރިޢާޔަތްކުރުމަށްފަހުގަ އެވެ.
  • މި ކުންފުނީގެ ނަންބަރު(IUL)MHCL-HRM/OPE/2023/1  އިޢުލާނަށް އިޖާބަދީ ވަޒީފާއަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުން އަލުން ފޯމް ހުށަހަޅާކަށް ނުޖެހޭނެއެވެ.

އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅުއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތައް މިކުންފުނީގެ އީމެއިލް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.

14 ފެބުރުވަރީ 2023
ހޯދާ