މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ސަލާމްގައާއި މަސްޖިދުލް ޢިއްޒުއްދީނުން ބައެއްގައި ކުލަލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

މި އިދާރާއިން ކުލަ ފޯރުކޮށްދިނުމުން، މި ރަށު މަސްޖިދުލް ސަލާމްގައާއި މަސްޖިދުލް ޢިއްޒުއްދީނުން ބައެއްގައި ކުލަލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތައް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން

2023 ފެބްރުއަރީ 19 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މުލަކަތޮޅު ދިއްގަރު ކައުންސިލް އިދާރާގެ ފޯން 6720031 އަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރައްވައި ނުވަތަ shorturl.at/eimqQ މެދުވެރިކޮށް ރަޖިސްޓްރީ ކުރުން

ފޯން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރައްވާނަމަ ތިރީގައިވާ މައުލޫމާތު ހިމެނުއްވަން ވާނެއެވެ.

-          އިޢުލާން ނަންބަރު (ކޮން މަސައްކަތެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

-          ރަޖިސްޓްރީ ކުރާ ނަން (އަމިއްލަ ފަރުދެއް/ފަރުދުންގެ ވިޔަފާރި/ ޕާޓްނާޝިޕް/ ކުންފުނި/ ކޯޕަރޭޓިވް ސޮސައިޓީ)

-     އައިޑީ ކާޑު ނަންބަރު/ރަޖިސްޓްރީ ނަމްބަރު

-          ގުޅޭނެ ފޯނު ނަންބަރު

-          އީމެއިލް އެޑްރެސް

-          މެއިލް ފޮނުވާ ފަރާތުގެ ނަން

ޕްރީބިޑް މީޓިންގް

2023 ފެބްރުއަރީ 20 ވާ ހޯމަ ދުވަހުގެ 11:00 ގައި މުލަކަތޮޅު ދިއްގަރު ކައުންސިލްގެ ޖަލްސާކުރާ މާލަމް ގައި

(ޕްރީބިޑް މީޓިން އަށް ހާޒިރުނުވާ ފަރާތްތަކަށްވެސް، ބީލަން ހުށައެޅުމަށް ރަޖިސްޓްރީކޮށްފައިވާނަމަ، ބީލަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.)

އަންދާސީ ހިސާބު ހުށަހެޅުން

2023 ފެބްރުއަރީ 22 ވާ ބުދަ ދުވަހުގެ 11:00 ގައި މުލަކަތޮޅު ދިއްގަރު ކައުންސިލްގެ ޖަލްސާކުރާ މާލަމް ގައި

(ބީލަން ހުށައެޅުމުގެ ފުރުސަތު ދެވޭނީ، ބީލަން ހުށައެޅުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.)

މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބުހުށަހެޅުއްވުމަށް ވަޑައިގެންނެވެންނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމެއް ބަދަލުގައި އަންނަފަރާތުން ގެންނަވަންވާނެއެވެ.

14 ފެބުރުވަރީ 2023
ހޯދާ