ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހައްދުންމަތި ރަމްޒު ކޮށްދޭ ފޮޓޯބޫތެއް ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދުމައި ގުޅޭ:

ހައްދުންމަތި އިތުރަށް އިސްތިހާރު ކުރުމުގެ މަޤުޞަދުގައި މި އަތޮޅު ކައްދޫގައި ބަހައްޓާނެ ފޮޓޯބޫތެއް ޑިޒައިން ކުރަން ބޭނުންވެއްޖެއެވެ. މި ފޮޓޯބޫތަކީ ހައްދުންމައްޗަށް ޒިޔާރަތް ކުރާ ފަރާތްތަކުން މިއަތޮޅުގެ ހަނދާނެއްގެ ގޮތުން ފޮޓޯނެގުމަށް މަޑުކޮށްލާނެ ޚާއްޞަ ތަނެއް ތައްޔާރު ކުރުމުގެ ބޭނުމުގައި ހަދާ ފޮޓޯބޫތެކެވެ. 

ހައްދުންމަތީގެ ކޮންމެވެސް ކަމަކާ ގުޅޭގޮތުން މި ފޮޓޯބޫތު ޑިޒައިންކޮށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެއްވަނައަށް ހޮވޭ ޑިޒައިން ހުށަހެޅުއްވި ފަރާތަކަށް -/7،000ރ (ހަތްހާސްރުފިޔާ) ގެ އިނާމެއް ދެވޭނެއެވެ.

ފޮޓޯބޫތު ޑިޒައިން ހުށަހަޅުއްވާ ފަރާތްތަކުން ބޭނުންފުޅުނަމަ އެކެއްގެ ނަމުގައި އެއް ޑިޒައިންވުރެ ގިނަ ޑިޒައިން ވެސް ހުށަހެޅިދާނެއެވެ. ހުށަހަޅުއްވާ ޑިޒައިންތަކުގެ ތެރެއިން އެންމެ ރަނގަޅު ޑިޒައިނެއް ހޮވާނީ ހައްދުންމަތީ އަތޮޅު ކައުންސިލުން އެކުލަވާލާ ކޮމެޓީއަކުންނެވެ.

 

ފޮޓޯބޫތުގައި ހިމެނެންޖެހޭ ކަންކަން:

1- އަމިއްލަ ޑިޒައިނަކަށްވުން.

2- ކޮމްޕިއުޓަރ ބޭނުންކޮށްގެން ސްކޭލަށް ކުރަހާފައިވާ ކުރެހުމަކަށްވުން.

3- ގިނަދުވަހަށް ބެހެއްޓޭ ޒާތު، މައުދަނަކުން ހެދޭނެ އެއްޗަކަށްވުން.

4- ޝައުޤުވެރިވާ ފަދަ ކުލަތައް ބޭނުން ކުރުން.

5- ހައްދުންމަތީގެ ކޮންމެވެސް ކަމެއް/އެއްޗެއް/ތަނެއް ގުޅުން ހުރުން.

6- އެކަށީގެންވާ ބޮޑުމިނެއްގެ އަކުރުތަކުން އިނގެރޭސިން Laamu Atoll މިފަދައިން ޖެހިފައި ހުރުން.

7- ފޮޓޯބޫތު ކައިރީގައި ހުއްޓިހުރެ އެކަކަށް ނުވަތަ ގިނަބަޔަކަށް ވެސް ފޮޓޯ ނެގޭނެ ޖާގަ އޮތުން.

8- ދުވާލައި ރޭގަނޑުގެ ވަގުތުގައި ވެސް ބޭނުން ކުރެވޭ ގޮތަށް ޑިޒައިން ކުރުން.

9- ފޮޓޯބޫތު ހަދާފައި ހުންނައިރު، އޭގެ އަސްލު ހުންނަން ޖެހޭނެ އުސްމިނާއި، ބޯމިނާއި، ބޮޑުމިން ބަޔާން ކުރުން.

 

ވީމާ، މި ފޮޓޯބޫތުގެ ޑިޒައިން ކުރަހުމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 ފެބުރުއަރީ 2023 ދުވަހުގެ 12:00 ގެ ކުރީން މި ލިންކުން https://forms.office.com/r/1q7sgiSQjf މެދުވެރިކޮށް ރަޖިސްޓްރީވުމަށްފަހު 26 ފެބުރުއަރީ 2023 ދުވަހުގެ 12:00ގެ ކުރީން ކުރެހުން މި ކައުންސިލަށް ފޮނުއްވުން އެދެމެވެ. ކުރެހުން ހުށަހަޅާނީ މިކައުންސިލްގެ ރަސްމީ އީމެއިލްއަށް ނުވަތަ ކައުންސިލް އިދާރާއަށެވެ. ހުށަހަޅާ ކުރެހުމުގެ ހާޑުކޮޕީ އަދި ސޮފްޓްކޮޕީ މި އިދާރާއާއި ޙަވާލު ކުރަން ވާނެއެވެ.

13 ފެބުރުވަރީ 2023
ހޯދާ