ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ހޯނޑެއްދޫގައި އާންމު ދަނޑުވެރިކަންކުރާ ސަރަޙައްދުގައި ހެއްދުން މަނާ ގަސްތައް ކެނޑުމާއިގުޅޭ؛

އެގިވަޑައިގަންނަވާނެ ފަދައިން "ގދ.ހޯނޑެއްދޫ އިން ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމުގެ އުޞޫލު" ގެ 3 ވަނަ މާއްދާގެ (ރ) ގެ ދަށުން ދަނޑުވެރިކަން ކުރުމަށް ދޫކުރެވޭ ބިމުގައި ބަނބުކެޔޮ، ޖަނބުރޯލު، ކަނަމަދު، ދުނބުރި ފަދަ ގަސްތަކާއި ރުއް އިންދުމަކީ މަނާކަމެކެވެ. އެހެންކަމަށްވުމާއިއެކު، ދަނޑުވެރިކަން ކުރާ އެންމެހާ ފަރާތްތަކުން، އެފަރާތެއްގެ ދަނޑުބިންތަކުގައި ހައްދާފައިހުރި މިފަދަ ގަސްތައް މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ދަނޑުބިމުން ކަނޑައި ނައްތާލުމަށް އަންގަމެވެ. އަދި މިމުއްދަތުގެ ތެރޭގައި ނުނައްތައިފިނަމަ އުޞޫލާއި ޚިލާފަށް ދަނޑުވެރިކަން ކުރަމުންދާ ކަމަށް ބަލައި އުސޫލުގައިވާ ގޮތުގެމަތިން އެފަރާތަކާއިމެދު ފިޔަވަޅު އެޅޭނެ ވާހަކަވެސް ދަންނަވަމެވެ.

އަދި ހަމައެއާއިއެކު، ދަނޑުވެރިކަން ކުރާ ސަރަޙައްދުގައި ހަދާފައިވާ މަގުތަކަށް އަރާގޮތަށް ދަނޑުބިމުގެ އިންމަތީގައި ބައެއް ފަރާތްތަކުން ބައެއް ގަސްތައް ހައްދާފައިވުމުގެ ސަބަބުން އެމަގުތަކުގައި ހިނގާބިގާވެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް އެކަމުގެ ދަތިއުދަނގޫ ވަމުންދާތީ، އެފަދަ ގަސްތައްވެސް މަތީގައި ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި ކަނޑައި ނައްތާލުމަށް އަންގަމަވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ފެބުރުވަރީ 2023
ހޯދާ