އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް
ދިވެހިރާއްޖެ
އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓު ހިންގަމުންދާ ޢިމާރާތް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވޭ އިޢްލާން

 

އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓު

ހިތަދޫ

ދިވެހިރާއްޖެ

      

                                           ނަންބަރު:  S2C-C/2023/ 27

 

އިޢުލާން

                 

 އޮފީސް ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުން

އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓު ހިންގަމުންދާ ޢިމާރާތް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަސައްކަތްކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތާއިގުޅޭ މައުލޫމާތު ސާފުކުރުން އޮންނާނީ 2023 ފެބްރުއަރީ 21 ވާ އަންގާރަ ދުވަހުގެ 13:00ގައި އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައެވެ. އަދި އަންދާސީ ހިސާބުހުށަހެޅުމުގެ ސުންގަޑިއަކީ 2023 ފެބްރުއަރީ 28 ވާ އަންގާރަ ދުވަހުގެ 13:00 އެވެ. މަޢުލޫމާތު ސާފުކުރުމަށާއި ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެވާހަކަ ދެންނެވީމެވެ.

މިމަސައްކަތަށް ވަކިވަކި ފަރުދުންނަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެވާހަކަ ދެންނެވީމެވެ. އަދި ކުންފުންޏެއްގެ ފަރާތުން ކުރިމަތިލާނަމަ، ޤާނޫނު ނަންބަރު 2014/18ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި 2014/19ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށް ވާންވާނެއެވެ. 

 

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މިކޯޓުގެ ނަންބަރު 6880008 ނުވަތަ 6880010 އަށް ގުޅުއްވުން އެދެމެވެ.

 

23  ރަޖަބު   1444

14 ފެބްރުއަރީ  2023

 

 

 

14 ފެބުރުވަރީ 2023
ހޯދާ