އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
2015 ޖަނަވަރީ 31 ގައި ބޭއްވުމަށް ހަމަޖައްސާފައިވާ ބ. ދޮންފަނު ކައުންސިލް ބައި-އިލެކްޝަންގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

2015 ޖަނަވަރީ 31 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ބ. ދޮންފަނު ކައުންސިލްގެ ބައި-އިލެކްޝަނަށް ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު، 2014 ޑިސެންބަރު 16 ވީ އަންގާރަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފީމެވެ. މި ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓްގެ ވެބްސައިޓް (http://www.gazette.gov.mv) ގައްޔާއި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ގައްޔާއި ބ. ދޮންފަނު ކައުންސިލްގެ އިދާރާގައި ޢާންމުކޮށް ފެންނަން ހުންނާނެއެވެ.

ގެޒެޓް ކޮށްފައިވާ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ޝަކުވާ ހުށަހަޅާނީ، 2014 ޑިސެންބަރު 17 އިން 2014 ޑިސެންބަރު 25 ގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން މެންދުރުފަހު 3:00 އަށެވެ. ޝަކުވާ ހުށަހަޅާނީ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާބެހޭ ޝަކުވާ ހުށަހަޅާ ފޯމުންނެވެ. މި ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ އިލެކްޝަންސް ކޮމިޝަންގެ އިދާރާ (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގުގެ 5 ވަނަ ފަންގިފިލާ) އިންނާއި ބ. ދޮންފަނު ކައުންސިލްގެ އިދާރާއިންނެވެ. އަދި މި ފޯމު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

25 ޞަފަރު 1436

17 ޑިސެންބަރު 2014
ހޯދާ