މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ކޮންސަލްޓެންސީ ދެއްވާނެ ފަރާތެއް ހޯދުމަށް

މި މިނިސްޓްރީގެ ފަރާތުން ލޯކަލް ގަވަރމަންޓް އޮތޮރިޓީގެ މަޝްރޫޢުތަކަށް ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓެންސީ ދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރި ނަންބަރު IUL)138-ES1/138/2014/213)ފ(26 ނޮވެންބަރު 2014) އިޢުލާނުގައި މަޢުލޫމާތު ދޫކުރަން ހަމަޖެހިފައިވީ ދުވަސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވުމުން އެ އިޢުލާން ބާޠިލުކޮށްފީމެވެ.

އެ އިޢުލާން ބާޠިލުކުރުމާ ގުޅިގެން ތިރީގައި ދަންނަވާފައިވާ މަޝްރޫޢުތަކަށް ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓެންސީ ދެއްވުމުގެ ފުރުޞަތު އަލުން ހުޅުވާލީމެވެ.

އަތޮޅާއި ރަށް

މަޝްރޫޢުގެ ނަން

ރ.ދުވާފަރު

ފ.ނިލަންދޫ

ދުވާފަރު މަސްމާރުކޭޓް (ދެބުރި)

ނިލަންދޫ މަސްމާރުކޭޓް (ދެބުރި)

ވީމާ، މިމަސައްކަތްކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މި އޮފީހަށް އަގު ހުށަހަޅުއްވައިދެއްވުން އެދެމެވެ.

ތާރީޚު

ވަގުތު

ތަފްސީލް

25/12/2014 ބުރާސްފަތި

13:00 - 9:00

މަޢުލޫމާތު ޝީޓު ދޫކުރުން (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރކްޗަރގެ ކައުންޓަރުން)

05/01/2015 ހޯމަ

11:00

އަގު ހުށަހެޅުއްވުން

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދޭގޮތަށް ހަމަޖެހިފައިނުވާ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.    

24 ޞަފަރު 1436

16 ޑިސެންބަރު 2014
ހޯދާ