މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަސަބު ބޯވަޅު ގަތަން ދަސްކޮށްދޭ ކޯސް ހިންގުމާއި ގުޅޭ

މި ކޮމިޓީގެ ފަރާތުން  އަލިފުށީގައި ދިރިއުޅޭ ފަރާތްތަކަށް  އަމާޒުކޮށްގެން ކަސަބު ބޯވަޅު ގަތަން ދަސްކޮށްދޭ ކޯހެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯސް ކުރިޔަށް ދާނީ 15 ދުވަހުގެ މުއްދަތަށެވެ. ކޯސް ފެށުމަށް ހަމަޖެހިފައިވަނީ 2023 މާރިޗު 01 ގައެވެ. މި ކޯހުގައި ބައިވެރިވުމަށް -/2000 ރުފިޔާގެ ފީ އެއް ދައްކަން ޖެހޭނެއެވެ. ކޯހަށް ބޭނުންވާ ތަކެތި ކޯސްހިންގާ ފަރާތުން ފޯރުކޮށްދެވޭނެއެވެ.

       ވީމާ، މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2023 ފެބްރުއަރީ 23 ވާ ބުރާސްފަތި  ދުވަހުގެ 14:00 ގެ ކުރިން އަލިފުށީ ކައުންސިލް އިދާރާއަށް ދުރުވެ ނަންނޯޓު ކުރެއްވުންއެދެމެވެ.

މި ކޯހާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9148043 ނުވަތަ 9375352 އަށް ގުޅުއްވުން އެދެމެވެ.

 

       23 ރަޖަބު 1444

14 ފެބުރުވަރީ 2023
ހޯދާ