މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބގޮއިދޫން ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ފައިނަލް ޝީޓް

             2022ވަނަ އަހަރު ބަންޑާރަގޯތި ދޫކުރުމަށް ކުރެވުނު އިޢުލާނާގުޅިގެން ފޯރމް ހުށަހެޅިފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ފައިނަލްޝީޓް މިއިޢުލާނާއެކު ޢާންމު ކުރަމެވެ. މިލިސްޓްގައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން މާރކްސްލިބުނު 25 ފަރާތާ ގޯތިޙަވާލުކުރުމަށާއި ޤުރުޢަތު ލުމަށް ބާއްވާ ރަސްމިއްޔާތު އޮންނާނީ 20 ފެބްރުއަރީ 2023 ވާ ހޯމަދުވަހުގެ 13.00 ގައި ޕްރީސްކޫލް އީސެންޓަރ ކްލާސްރޫމްގައެވެ. އަދި މާރކްސް ލިބިފައިވާ ގޮތަށްބަލާއިރު މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވާ 25 ގޯތީގެ ތެރެއިން 4 ގޯއްޗަކަށް 60 ޕޮއިންޓް ލިބިގެން 6 ފަރާތެއް ހޮވިފައިވެއެވެ. މި6 ފަރާތުގެ ތެރެއިން ގޯތިލިބޭ 4 ފަރާތެއް ކަނޑައެޅުމަށް އުޞޫލްގެ 10 ވަނަ މާއްދާގެ ދަށުން ގުރުޢަތުލުން 20 ފެބްރުއަރީ 2023 ވާ ހޯމަދުވަހުގެ 10.30 ގައި ކައުންސިލް އިދާރާގައި އޮންނާނެއެވެ. މިދެންނެވި ދެބައްދަލުވުމަށް ޙާޟިރުވާންޖެހޭ ފަރާތްތަކަށް ވަކިވަކިން ދަޢުވަތު ފޮނުވޭނެވާހަކަ ދަންނަވަމެވެ.  

            މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ފެބުރުވަރީ 2023
ހޯދާ