މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޅ.ނައިފަރު ހޮސްޕިޓަލަށް އަލަށް އިތުރު ކުރެވިގެންދާ އާ އިމާރާތުގެ ކުރެހުންތަކާއި ބިލް އޮފް ކުއަންޓިޓީ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

ޅ.ނައިފަރު ހޮސްޕިޓަލަށް އަލަށް އިތުރު ކުރެވިގެންދާ އާ އިމާރާތުގެ ކުރެހުންތަކާއި ބިލް އޮފް ކުއަންޓިޓީ ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިނިސްޓްރީގެ ނަންބަރު IUL)23-AP/1/2014/242) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް ޅ.ނައިފަރު ހޮސްޕިޓަލަށް އަލަށް އިތުރު ކުރެވިގެންދާ އާ އިމާރާތުގެ ކުރެހުންތަކާއި ބިލް އޮފް ކުއަންޓިޓީ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 23 ޑިސެމްބަރު 2014 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

25 ޞަފަރު 1436       

17 ޑިސެންބަރު 2014
ހޯދާ