މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2023 ފެބްރުއަރީމަހުގެ ރައްޔިތުންނާ ބައްދަލުކުރުން

ޤާނޫނު ނަމްބަރ: 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫން ގެ 107 ވަނަ މާއްދާގައި ވާ ގޮތުގެ މަތިން ފެބްރުއަރީ މަހު ބާއްވާ ޢާންމު ބައްދަލުވުން 20 ފެބްރުއަރީ 2023 ވާ ހޯމަދުވަހުގެ 10:30 ގައި ޕްރީ ސްކޫލްގެ އީ ސެންޓަރ ހޯލްގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި ވޭތުވެ ދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯރޓް ރައްޔިތުންނާއި ޙިއްސާކުރެވޭނެއެވެ. އަދި މި ރިޕޯރޓްތައް ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު ކައުންސިލް އިދާރާގައި ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

ވީމާ މި ބައްދަލުވުމަށް އެންމެހައި ބޭފުޅުންނަށް ދަޢުވަތު އަރުވާ މިކަން ޢާންމުކޮށް އެންގުމަށް އިޢްލާނު ކުރީމެވެ.

14 ފެބުރުވަރީ 2023
ހޯދާ