ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަން ކިއުމާއި ގުޅޭ

          ރަންކޮކާގެ ގޯތިތެރޭގައި ހުރެގެން ފޮނިލުބޯގެ ގޯއްޗަށް ދަތިވާތީ ބަދަލުދެވިފައިވާ ފޯދުނު ދިވެހިރުކުގެ ނީލަންކިޔުން 2023 ފެބުރުވަރީ 22 ވާ ބުދަ ދުވަހުގެ ހެދުނު 9:30 ގައި އެރުކުގެ ކައިރީގައި އޮންނާނެއެވެ.

  ވީމާ މިނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2023 ފެބުރުވަރީ 22 ވާ ބުދަ ދުވަހު 9:30 އަށް އެތަނަށް ވަޑައިގެން ނީލަމުގައި ބައިވެރިވެ ދެއްވުން އެދެމެވެ. ނީލަމުން ރުއް ނަންގަވާ ފަރާތްތަކުން 2023 ފެބުރުވަރީ 23 ގެ 12:00 ގެކުރިން ފުވައްމުލަކު ސިޓީކައުންސިލަށް ފައިސާ ދައްކަވައި 2023 ފެބުރުވަރީ 28 ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން އެތަކެތި އެތަނުން ނެންގެވުން އެދެމެވެ. މުއްދަތު ހަމަވާއިރު ނުނަންގަވާ ހުންނަ ތަކެތި އެއީ ބޭނުންނެތް ތަކެތި ކަމުގައި ބަލާ އުކާލެވޭނެއެވެ.

    މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ފެބުރުވަރީ 2023
ހޯދާ