ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަން ކިއުމާއި ގުޅޭ

ޖަމާލުއްދީނު ނައިބުތުއްތު މަގުގެ އިރުން ، ގިއްސާގެ މަރްޔަމް އިބްރާހީމް ގެ ގޯތީގެ ދެކުނުން އޮތް ބިމުގައި  01 ން 16 އަށް ނަންބަރު ޖަހާފައިވާ  ރުއްގަހުގެ ނީލަންކިޔުން 2023 ފެބުރުވަރީ 22 ވާ ބުދަ ދުވަހުގެ ހެދުނު 9:00 ގައި އެރުއްގަހުގެ ކައިރީގައި އޮންނާނެއެވެ.

ވީމާ މިނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2023 ފެބުރުވަރީ 22 ވާ ބުދަ ދުވަހު 9:00 އަށް އެސަރަޙައްދަށް ވަޑައިގެން ނީލަމުގައި ބައިވެރިވެ ދެއްވުން އެދެމެވެ. ނީލަމުން ރުއްގަސް ނަންގަވާ ފަރާތްތަކުން 2023 ފެބުރުވަރީ 23 ގެ 12:00 ގެ ކުރިން ފުވައްމުލަކު ސިޓީކައުންސިލަށް ފައިސާ ދައްކަވައި 2023 ފެބުރުވަރީ 28 ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން އެތަކެތި އެތަނުން ނެންގެވުން އެދެމެވެ. މުއްދަތު ހަމަވާއިރު ނުނަންގަވާ ހުންނަ ތަކެތި އެއީ ބޭނުންނެތް ތަކެތި ކަމުގައި ބަލާ އުކާލެވޭނެއެވެ.

   މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ފެބުރުވަރީ 2023
ހޯދާ