މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހެނބަދޫ ވޭސްޓްމެނޭޖްމަންޓް ސެންޓަރއަށް މުވައްޒަފަކު ހޯދުމާގުޅޭ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދަންބޭނުން ވެއްޖެއެވެ.

މަޤާމް:                 މަސައްކަތު

މަޤާމުގެ ނަންބަރު:           -

މަޤާމުގެ ގިންތި:            1 އަހަރު 

ސެކްޝަން / ޔުނިޓް:         އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ:         ހެނބަދޫ ވޭސްޓްމެނޭޖްމަންޓް ސެންޓަރ

މުސާރަ:                4000.00 ރުފިޔާ 

އެލަވަންސް:              ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް 30 ރުފިޔާ 

ރިސްކު އެލަވަންސް:          1000.00 ރުފިޔާ

 ބޭނުންވާ އަދަދު:           1 އެކެއް

މަޤާމުގެ މަޞްޢޫލިއްޔަތު: 

1. ނ. ހެނބަދޫ ކައުންސިލުން ހަމަޖައްސަވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހެނބަދޫގެ ގޭބީސީތަކުންނާއި މުއައްސަސާތަކުގައި އުފެދޭކުނި ނެގުން.

2. ކުނިކޮށްޓަށް ކުނި ގެންދުޔުމަށް ގެންގުޅެވޭ ތަކެތި ދޮވެ ސާފުކުރުން.

3. ކުނި ބަލާއަންނަދުވަހު ކުނި ވެމްކޯއަށް ކުނި ގެންދިޔުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން. 

4. މަސައްކަތާއި ގުޅޭގޮތުން އިދާރާއިން އަންގާ އެހެނިހެން މަސައްކަތްތައް ކުރުން. 

5. އަދި މިނޫނަސް މަސައްކަތާއި ގުޅިގެން ކައުންސިލުން ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން. 

6. ކައުންސިލުގެ ހުރިހާ މުވައްޒަފުން ޝާމިލްވެގެން ހިންގާ ކަންކަމުގައި ބައިވެރިވެ އެހީތެރިވުން. 

ޝަރުތު:

1. ލިޔަން ކިޔަން ދަންނަ މީހެއްކަމުގައިވުން. 

2. ސިއްޙަތު ސަލާމަތުންހުރި މީހަކަށްވުން. 

ވަޒީފާގެ އެންމެ ޤާބިލްފަރާތް ހޮވުމަށް ބެލެވޭނެކަންތައްތައް:  (%)

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު 10
  • އިންޓަރވިއު  %75  
  • އެހެނިހެން ތަޖުރިބާ 15

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 28 ފެބްރުއަރީ 2023 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލް އިދާރާއަށް މި ވަޒީފާއަށް އެދޭފޯމް ފުރިހަމަ ކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭފޯމް މިއިދާރާއިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރ 6560018 ފޯނާ ގުޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. 

އިންޓަރވިއު އޮންނާނެތަނާއި މުއްދަތު:


މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 01 މާރޗް އާއި 10 މާރޗް 2023 އާ ދެމެދުއެވެ. 

ޝޯޓް ލިސްޓްކުރުން:

 މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށްބަލައި، ވަޒީފާއަށް ކުރިމަތިލައިފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓްކުރެވޭނެއެވެ. 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

35 އިންސައްތަ 

ހުށަހަޅަންޖެހޭ ލިޔުންތައް: 

 1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް.

 2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީއެއް.

 3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ / ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

އިތުރު މަޢުލޫމާތު: އިތުރު މަޢުލޫމާތު ސާފްކުރުމަށް ގުޅާނީ 6560018 ނަންބަރު ފޯނާއެވެ. 

ވީމާ މިކަން އާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ. 

 

 

 

 

14 ފެބުރުވަރީ 2023
ހޯދާ