ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަޙައްދުން ބިން ކުއްޔަށް ދޫކުރުމާއިބެހޭ

އިޢުލާން

 

 

ބަނދަރު ސަރަޙައްދުން ބިން ކުއްޔަށް ދޫކުރުމާއިބެހޭ

 

 

ގއ.ދެއްވަދޫ ބަނދަރު ސަރަޙައްދުން ވިޔަފާރި އުޞޫލުން ބިން ކުއްޔަށް ދޫކުރުމަށް ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 91 ވަނަ ޢާންމު ޖަލްސާއިން ވަނީ ނިންމާފައެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 13 ފެބުރުވަރީ 2023 ވާ ހޯމަ ދުވަހުން ފެށިގެން 19 ފެބުރުވަރީ 2023 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00 ގެ ނިޔަލަށް [email protected] އަށް ގެޒެޓް ކުރެވިފައިވާ ބީލަމުގައި ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމު  ފުރިހަމަކުރެއްވުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. ބިޑްފޯމު ދޫކުރެވޭނީ ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީކޮށް، ބިޑްފޯމުގެ އަގު ދައްކާ ފަރާތްތަކަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 26 ފެބުރުވަރީ 2023ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00ގައި މިއިދާރާގެ ކޮންފަރެންސް ހޯލްގައެވެ.

މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ، 23 ފެބުރުވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ކުރިން [email protected]  އަށް މެއިލް ކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

               މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                        22  ރަޖަބް      1444 

                        13  ފެބުރުވަރީ   2023  

13 ފެބުރުވަރީ 2023
ހޯދާ