ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ކުއަލިޓީ އެޝުއަރެންސް އޮފިސަރ)

މަޤާމް :އެޑްމިނިސްޓްރޭޓިވް ސަޕޯރޓް އޮފިސަރ (ކުއަލިޓީ އެޝުއަރެންސް އޮފިސަރ)
ބޭނުންވާ އަދަދު :1

މަޤާމުގެ ކްލެސިފިކޭޝަން: ޗީފް އެޑްމިން ސަޕޯރޓް އޮފިސަރ 

މުސާރަ:

- އަސާސީ މުސާރަ:  -/7,698 ރުފިޔާ

- ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު: -/2,200 ރުފިޔާ

އިތުރު ޢިނާޔަތްތައް:

- ނޮން-ޕްރެކްޓިސް އެލަވަންސް (އަސާސީ މުސާރައިގެ %35): -/2,694.30 ރުފިޔާ

- އިތުރުގަޑީގައި މަސައްކަތް ކުރަން ޖެހިގެން މަސައްކަތް ކޮށްފިނަމަ ގިނަވެގެން މަހަކު (އަސާސީ މުސާރައިގެ %60): -/4,618.80 ރުފިޔާ

- ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން ޕްރޮފެޝަނަލް އެލަވަންސް (އަސާސީ މުސާރައިގެ %20): -/1,539.60 ރުފިޔާ

- ކެއުމާއި ބޭސްފަރުވާ ކުރުން

މަޤާމުގެ ޝަރުތު:

އެޑިއުކޭޝަން ދާއިރާރިން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މީލާދީ ގޮތުން 18 އަހަރާއި 40 އަހަރާ ދެމެދުގެ ފަރާތެއް ކަމުގައިވުން،

- އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ވައްކަން، ޓެކުން، މަކަރާ ޙީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުން،

- ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

ކޮލެޖްގެ ފަރާތުން ހިންގާ ކޯސް، ޕްރޮގްރާމްތަކުން ހާޞިލްވާ މިންވަރު ދެނެގަތުމަށް ހަދަންޖެހޭ އިވެލުއޭޝަންގެ މަސައްކަތްތައް ކުރިއަށްގެންދިނުން.

ކޮލެޖުން ހިންގާ އެކްރެޑިޓެޑް ކޯސްތައް އޮޑިޓްކުރުމުގެ މަސައްކަތް ކުރުން.

އިންސްޓިޓިއުޝަނަލް އޮޑިޓް ހެދުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އިންސްޓިޓިއުޝަންގެ 'ސެލްފް އިވެލުއޭޝަން ރިޕޯޓް' ތައްޔާރުކުރުން.

ކޮލެޖުން ހިންގާ ކޯސް، ޕްރޮގްރާމްތަކުގައި ކިޔަވައިދޭ ލެކްޗަރަރ/އިންސްޓްރަކްޓަރުންގެ ސެލްފް އިވެލުއޭޝަން އަދި އިންސްޓްރަކްޓަރ ޓީޗިން އިވެލުއޭޝަންތައް ފެކަލްޓީތަކުން ފުރިހަމަކުރޭތޯ ޔަޤީން ކުރުމާއި އެފަދަ އިވެލުއޭޝަން ހެދުމަށް އިވެލުއޭޝަން ސްކީމް/ފޯރމް ތައްޔާރުކުރުމާއި، އެފަދަ އިވެލުއޭޝަން ހެދުމަށް ސެންޓަރތަކަށް އެހީތެރިވުން.

އޮޑިޓްތަކަށް ބޭނުންވާ ލިޔެކިޔުންތައް ހަމައަށް ތަރްތީބުކުރެވިފައިވާކަން ޔަގީންކުރުން.

ކޮލެޖުގެ ރަސްމީ މަސައްކަތާއިގުޅޭ ކޯސް މެޓީރިއަލްސް އަދި ޓެމްޕްލޭޓްތައް ޑިޒައިންކޮށް ސްޓޭންޑަރޑައިޒްކޮށް ބެލެހެއްޓުން.

ކޮލެޖުން ކުރިޔަށް ގެންދާ ރިސާޗްތައް ލިއޭޒްކުރުމަށް ބޭނުންވާ ގައިޑްލައިންތައް ތައްޔާރުކުރުމާއި، ކޮލެޖުން ފޯރުކޮށްދޭ ތައުލީމާއި ތަމްރީން ޕްރޮގްރާމްތަކުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ފަހުގެ މައުލޫމާތު ހޯދައި ދިރާސާތައްކުން.

ކޮލެޖުގައި ހިންގަމުންދާ ތަފާތު ޕްރޮގްރާމްތަކުގެ ކޮލިޓީ ދަމަހައްޓައި އިތުރަށް ހަރުދަނާކުރުމަށް ފެކަލްޓީ/ޑިޕާޓްމަންޓްތަކާއި އެކު މަސައްކަތްކުރުން.

ކޮލެޖުން ހިންގާ ކޯސްތައް ފަރުމާ ކުރުމާއި ހިންގުމާއި ގުޅޭގޮތުން ކަމާގުޅުންހުރި އިދާރާތަކުން ދީފައިވާ ލަފަޔާއި އެއްގޮތަށް އަމަލުކުރެވޭކަން ޔަގީންކުރުން.

- ކޮލެޖްގެ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް މޮނިޓަރކޮށް އިވެލުއޭޓް ކުރުން.

- ކޮލެޖްގެ ހިންގުން ހަރުދާކުރުމަށްޓަކައި ހަދަންޖެހޭ އުސޫލުތަކާއި، ޕްރޮސީޖަރ އަދި މިނޫންވެސް އެކި ގައިޑްލައިންތައް ހެދުމާއި، ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން.

ކޮލެޖްގެ މަސައްކަތްތައް ކުރުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށާއި މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަކައި ކޮލެޖްގެ ޕޮލިސީތަކަށް ގެންނަންޖެހޭ ބަދަލުތަކާއި ބެހޭގޮތުން ސެންޓަރ މުވައްޒަފުންގެ ހިޔާލާއި މަޝްވަރާ ހޯދައި ކަނޑައެޅިފައިވާ ފަރާތްތަކާއި ހިއްސާކުރުމާއި، ހަވާލުކުރެވޭ ޕޮލިސީސްތައް ކަނޑައެޅިފައިވާ ކޮމިޓީތަކަށް ހުށަހެޅުމަށްޓަކައި ޑްރާފްޓް ކުރުން.

- ކޮލެޖުގެ އެނުއަލް ޕާރފޯމަންސް ރިޕޯޓް ޕްލޭންކޮށް ތައްޔާރުކުރުން.

އިތުރު މަޢުލޫމާތު

- މި މަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތަކީ ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ ފަރާތެއް ކަމުގައި ނުވުން.

- މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަން, ޕޮލިގްރަފީ ޓެސްޓް، ކުރެވޭ އިންޓަވިއު އަދި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވުން.

މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް:

- މަޤާމުގެ މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން: ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް، އައްޑޫ ސިޓީ

އާންމުކޮށް މަސައްކަތްކުރަންޖެހޭ ގަޑި:   ރަސްމީ ޑިއުޓީ / ދަންފަޅި ޑިއުޓީ

ހުށަހަޅަންޖެހޭ ލިޔުންތައް:

- ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯރޑް ބަލާ ފޯމް،

- ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ،

- ތައުލީމީ ސަނަދު ނުވަތަ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)،

- ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ،

- ނެގިފަހުން 3 މަސް ވެފައިނުވާ އެފަރާތެއްގެ ޕާސްޕޯރޓް ސައިޒުގެ ފޮޓޯ (1 ފޮޓޯ ފޯމުގައި ތަތްކޮށްފައި)،

- ދިވެހި ސިވިލް ސަރވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރިމީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުން،

- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން.

ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2023 ފެބުރުވަރީ 26 ވަނަ ދުވަހުގެ 16:00 ގެ ކުރިން އައްޑޫ ސިޓީގެ ޕޮލިސް ސްޓޭޝަންތަކުގެ ރިސެޕްޝަން ނުވަތަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 ން 16:00 އަށެވެ.

ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ. މީގެ އިތުރުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމު އަދި ކުށުގެ ރެކޯރޑް ބަލާ ފޯމް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ.

މިމަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެެވެ.

22 ރަޖަބް 1444

13 ފެބުރުވަރީ 2023
ހޯދާ