ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި ކޯޓުގެ ނަންބަރު: (IUL)P3C-A/2023/1 (29 ޖަނަވަރީ 2023) އިޢުލާނާ ގުޅިގެން އެކަށީގެންވާ މިންވަރަށް ޤާބިލު ފަރާތްތަކުގެ އެޕްލިކޭޝަން ލިބިފައިނުވާތީ، އެ މަޤާމަށް މީހުން ހޯދުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ. އަދި ބުނެވިދިޔަ އިޢުލާނާ ގުލިގެން ކުރިމަތިލައްވާފައިވާ ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅުއްވަން ނުޖެހޭނެ ވާހަކަ ދެންނެވީމެވެ.

 

ވަޒީފާގެ ފުރުޞަތު

ނަންބަރު: (IUL)P3C-A/2023/2

ތާރީޚް: 13 ފެބްރުއަރީ 2023

މަޤާމު

ހައުސްކީޕަރ

ރޭންކް: އެސް.އެސް. 1

ޢަދަދު

1 (އެކެއް)

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

މަސައްކަތްކުރަންޖެހޭ ތަން

ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ މެޖިސްޓްރޭޓް ކޯޓު

އަސާސީ މުސާރަ

-/3100ރ. (ތިންހާސް އެއްސަތޭކަ ރުފިޔާ)

މިމަޤާމަށް ލިބޭ އެލަވަންސް

-      ޖުޑީޝަލް އެލަވަންސް: 930/-ރ. (އަސާސީ މުސާރައިގެ 30%)

-      ސަރވިސް އެލަވަންސް: 1000/-ރ. (އެއްހާސް ރުފިޔާ)

-      ލިވިންގ އެލަވަންސް: 2,550/-ރ. (ދެހާސް ފައްސަތޭކަ ފަންސާސް ރުފިޔާ)

-      ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

-      ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.

 

އަސާސީ ޝަރުޠު

 

 

 

-      މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ލިޔަންކިޔަން އެނގުން. (ލިޔަންކިޔަން އެނގޭކަމަށް ބަލާނީ ގްރޭޑް 5 ނިންމިކަމުގެ ލިޔުން ނުވަތަ ލިޔަންކިޔަން އެނގޭކަން ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދަރާއަކުން ދޫކުރާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ

-      ލިޔަންކިޔަން އެނގޭތޯ ބެލުމަށް ކޯޓުން ޓެސްޓެއް ދީގެންނެވެ.)

އެހެނިހެންޝަރުޠު

-      ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރުލިބޭ ޢުމުރުކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.

-      ވަޒީފާއަށްކުރިމަތިލާ ފަރާތަކީ، ވަޒީފާ އަދާކުރަންޖެހޭ އިދާރާގެ މުވައްޒަފުންނާ ތިރީގައި ބަޔާންކޮށްފައި އެވާފަދަ ގުޅުމެއް އޮތްމީހަކު ކަމުގައިނުވުން.

  1. މަންމަ (ދޮންމަންމަ ހިމެނޭގޮތަށް)
  2. ބައްޕަ (ދޮންބައްޕަ ހިމެނޭގޮތަށް)
  3. ކާފަ
  4. މާމަ
  5. އަނބިމީހާ
  6. ފިރިމީހާ
  7. މައިދައިތަ
  8. ބަފައިބެ
  9. ބޮޑުދައިތަ
  10. ބޮޑުބޭބެ
  11. އެއްބަނޑުމީހުން
  12. އެއްބަފާމީހުން
  13. އެއްބަނޑުއެއްބަފާމީހުން
  14. ދަރިން (ކާފަ ދަރިންނާއި މާމަ ދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް)
  15. މަތީގައި ބަޔާންކޮށްފައިއެވާ 2.9 އިން 2.14 އަށް ހުރި ފަރާތްތަކުގެ ތެރެއިން ފަރާތަކާ ކައިވެނިކޮށްގެން އުޅޭމީހުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

 

  1. ރަސްމީ ދުވަސްތަކުގައި ކޮންމެދުވަހަކު ކޯޓަށް ޙާޟިރު ވުމާއެކު ކޯޓުގެ ޢިމާރާތާއި ގޯތި ތެރެއިން ސާފުކުރުމަށް ޙަވާލުކުރެވޭ ސަރަޙައްދު ކުނިކަހައި ސާފުކުރުމާއި މޮޕުލުން.
  2. ކޯޓުން އެކިއެކި ފަރާތްތަކަށް ފޮނުވާ ލިޔެކިޔުންތަކާއި އަމުރުތައް އެފަރާތްތަކަށް ރައްދުކުރުން.
  3. ކޯޓުގެ ގޯތިތެރެއާއި ކޯޓު ވަށައިގެންވާ މަގުތައް ޙަވާލުކުރެވޭ ތާވަލާއި އެއްގޮތަށް ކޮންމެ ދުވަހަކު ކުނިކަހައި، ވިނަނޮޅާ ސާފުކުރުމާއި، ހަފްތާއަކު އެއްފަހަރު ކުނިއުކާލުން.
  4. ކޯޓުގެ ގޯތިތެރޭގައި ގަސްހައްދައި، ސާފުކޮށް ބެލެހެއްޓުމާއި، ގަސްތައް ކޮށައި ކުނިއުކާލުމާއި، ގަސްތަކަށް ކޮންމެދުވަހަކު ހެނދުނާއި ހަވީރު ފެންދީ ބެލެހެއްޓުން.
  5. ކޯޓުގައި ކުރަންޖެހޭ ކުދިމަރާމާތުތައް ކުރުމާއި އެ މަސައްކަތުގައި މުވައްޒަފުންނަށް އެހީތެރިވުން.
  6. ކޯޓުގެ ޢިމާރާތްތަކުގެ ފުރާޅާއި ދިޔަދޮވި މަދުވެގެން މަހަކު އެއްފަހަރު ސާފުކުރުން.
  7. ކޯޓުގެ ކޮމްޕިއުޓަރާއި ޕްރިންޓަރުފަދަ އިލެކްޓްރޯނިކް ވަސީލަތްތަކުން ހިރަފުސްފޮޅައި، ސާފުކޮށް ބެލެހެއްޓުން.
  8. ކޯޓުގެ ޢިމާރާތުގައިވާ ފަރުނީޗަރުތަކާއި ހިފާގެންގުޅޭ ތަކެއްޗާއި، ދޮރާއި ދޮރުފަތްތަކާއި ފެންލައިޓްތަކާއި، ފާރުތަކާއި ސީލިންގްތަކާއި ފަންކާތަކާއި، އެއަރކޮންޑިޝަންފަދަ ތަކެތި ސާފުކޮށް ބެލެހެއްޓުން.
  9. ކޯޓުން މާލެ ނުވަތަ އެހެން ރަށަކަށް ފޮނުވާތަކެތި، ބަނދަރަށް ގެންގޮސް ދޯންޏަށް ނުވަތަ ލޯންޗަށް އެރުވުމާއި، މާލެއިން ނުވަތަ އެހެންރަށަކުން ކޯޓަށްފޮނުވާ ތަކެތި ކޯޓަށްގެނައުން.
  10. ކޯޓުން ޢާންމު ފަރާތްތަކާ ޙަވާލުކުރުމަށް ބޭރުކުރެވޭ ކޯޓަށް ޙާޟިރުވުމުގެ އަމުރު ރައްދުކުރުން.
  11. ކޯޓުން ސަރުކާރުގެ އިދާރާތަކަށާއި، އެހެނިހެން ފަރާތްތަކާ ޙަވާލުކުރަން ޖެހޭ ސިޓީއާއި، ލިޔުން އަދި އެހެނިހެން ތަކެތި ޙަވާލުކުރުން.
  12. ކޯޓަށް ގަންނަން ޖެހޭތަކެތި ގަނެދިނުމާއި ކޯޓަށް ބޭނުންވާތަކެތި ހޯދުމުގައި، ކަމާބެހޭ މުވައްޒަފު އަންގާ ގޮތެއްގެ މަތިން ފިހާރަތަކަށް ގޮސް ތަކެތީގެ އަގުބަލައިދިނުން.
  13. ހައުސްކީޕަރުގެ މަޤާމަށްވުރެ މަތީ މަޤާމުތަކުގެ ކޯޓުގެ މުވައްޒަފުން ޙަވާލުކުރާ ކޯޓާ ގުޅުންހުރި އެންމެހާ މަސައްކަތްތައް ކުރުން.

ތަޢުލީމީ ރޮނގު

މި މަޤާމަކީ ތަޢުލީމީ ރޮނގު ކަޑައެޅިފައިވާ މަޤާމެއް ނޫން.

ގުޅޭ ވަޒީފާގެ ދާއިރާތައް

މި މަޤާމަކީ މަސައްކަތުގެ ދާއިރާތައް ކަނޑައެޅިފައިވާ މަޤާމެއް ނޫން.

 

 

 

 

 

 

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. 1. ފުރިހަމަ ކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމު. (މި ފޯމު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓުން އަދި ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް.)
  3. 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. 4. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 

  1. 1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ.

 

(ހ) ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

 

(ރ) ދައުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". މި ފޯމު https://dja.gov.mv/?p=5584،  ލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ކޮމްޕިޓަންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)

އަސާސީ ޝަރުޠު ފުރިހަމަވުން

50

އަސީސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސީސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އިންޓަރވިއު

40

ޖުމްލަ

100

 

މަޤާމަށްއެދެންވީގޮތާއިސުންގަޑި:

 

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2023 ފެބްރުވަރީ 22 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން މި ކޯޓުގެ އީމެއިލް އެޑްރެސް،

[email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމުގެ ލިންކު: https://dja.gov.mv/?p=4408

ޝޯޓްލިސްޓުކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2023 ފެބުރުވަރީ 14- 22  އާ ދެމެދު، ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި ކޯޓުގެ ނޯޓިސް ބޯޑުގައި އަދި ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުންފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި، އެފޯމާއެކު ފުރިހަމަކުރައްވައި ހުށަހަޅުއްވަންޖެހޭ ސްލިޕް މި ކޯޓުގެ ކައުންޓަރުންނާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ  ވެބްސައިޓް: https://dja.gov.mv އިން ލިބެން ހުންނާނެއެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުއްވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
  • ·     މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 6820752
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.
  • މިމަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާން ކޮށްދޭ ރެފްރީޒް ރިޕޯޓު މިކޯޓުން ހޯދުމާމެދު އިޢުތުރާޟް ނުކުރާނަމައެވެ.

 

13 ފެބްރުވަރީ 2023

13 ފެބުރުވަރީ 2023
ހޯދާ