ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެލާ ކައުންސިލް ޤުރްއާން މުބާރާތް 1444

އިޢުލާން

ކެލާ ކައުންސިލް ޤުރްއާން މުބާރާތް 1444

                ކެލާ ކައުންސިލް އިދާރާއިން ރަމަޟާން މަހު ޤުރްއާން މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚަކީ 30 މާރޗް 2023 ވާ ބުރާސްފަތި ދުވަހުއެވެ.

                މިގޮތުން މުބާރާތުގެ ވަނަވަނައަށް ހޮވޭ ފަރާތްތަކަށް ދިނުމަށް ހަމޖެހިފައިވާ އިނާމާއި ޓްރޮފީ ހުށަހެޅުމުގެ ފުރުޞަތު 13 ފެބްރުއަރީ 2023 ވާ ހޯމަ ދުވަހުން ފެށިގެން 16 މާރޗް 2023 ވާ ބުރާސްފަތި ދުވަހު 13:00 ނިޔަލަށް ހުޅުވާލެވިފައިވާތީވެ، އެކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

                ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 ފެބުރުވަރީ 2023
ހޯދާ