ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރު:(IUL)384-A/2021/31 އިޢުލާނާއިގުޅިގެން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ މީހުންގެ ތެރޭގައި ހިމެނި " ގޯތި ހަވާލުކުރިކަމުގެ ލިޔުން" ލިބިފައިވާ ފަރާތްތަކަށް " ގޯތީގެ ވަގުތީ ރަޖިސްޓަރީ" ހަވާލުކުރުމުގެ ކަންކަން މިއަދު ފެށިގެން ކުރިއަށް ދާކަމުގައި ދަންނަވަމެވެ. އަދި " ގޯތީގެ ވަގުތީ ރަޖިސްޓަރީ" އާއި ހަވާލުވާ ފަރާތްތަކަށް މިއިދާރާގެ ނަންބަރު: (IUL)384-A/2022/95 އިޢުލާން އިން ދެވިފައިވާ "ގޯތި ބަދަލު ކުރުމުގެ ފުރުޞަތު" ބަންދުވެގެން ދާނެކަމުގައި ދަންނަވަމެވެ.
ވަގުތީ ރަޖިސްޓްރީ ހަވާލުކުރެވޭ ފަރާތްތަކުން ގޯތި ރަޖިސްޓަރީ ކުރުމާއި ރަޖިސްޓަރީކުރުމުގެ މަރުހަލާގައި ފުރިހަމަކުރަންޖެހޭ ކަންކަމާއި ގޯތިގެދޮރު ރަޖިސްޓަރީކުރުމުގައި ބަލާނެ މިންގަނޑުތައް ބަޔާންކޮށް މިއިދާރާގެ ނަންބަރު: (IUL)384-A/2022/99އިޢުލާނާ އެކު 21 ނޮވެންބަރު 2022 ވީ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިރު ކުރެވިފައިވާ އުޞޫލާއި އެއްގޮތްވާގޮތުގެ މަތިން އަމަލުކުރުމަށް ދަންނަވަމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.