މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަގޯތި އަމިއްލަ ކުރުމާއި، ގަނެވިއްކުމަށް ކަނޑައަޅާފައިވާ އަގު:

ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަގޯތި އަމިއްލަ ކުރުމާއި، ގަނެ ވިއްކުމުގެ ޤަވާއިދު ނަމްބަރ: 2022/R-181 ގެ 9 ވަނަ މާއްދާގެ (ހ) ގެ ދަށުން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް އަމިއްލަ ކުރުމައްޓަކައި އެގޯތި ރަޖިސްޓްރީ ކޮށްދީފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ ބިން އަމިއްލަ ކުރުމުގެ އަގު ކަނޑަ އަޅަންޖެހެނީ އަރަށެއްގެ ރަށުކައުންސިލުން ކަމުގައިވުމާއިއެކު، 08 ފެބުރުއަރީ 2023 ވަނަ ދުވަހު ބޭއްވި ރ. ދުވާފާރު ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 06 ވަނަ އާއްމު ބައްދަލުވުމުން، ދުވާފަރުން ބަންޑާރަގޯތި އަމިއްލަ ކުރުމަށް އަކަފޫޓެއް ވިއްކާ އަގެއް ކަމުގައި -/75ރ (ހަތްދިހަފަސް ރުފިޔާ) ވަނީ ފާސްކޮށްފައެވެ. 

                  ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

13 ފެބުރުވަރީ 2023
ހޯދާ