މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
1444 ވަނަ އަހަރުގެ ރަމަޟާން މަހު މިސްކިތްތަކުގައި ޙިފްޛުކޮށް ތަރާވީޙް ނަމާދުކުރުމަށް ރާއްޖެއިން ބޭރުން ޙާފިޒުން/ޤާރީން ގެނައުމަށް ވީޒާ ދޫކުރުމާއި ގުޅޭ


                          އިޢުލާން


1444 ވަނަ އަހަރުގެ ރަމަޟާން މަހު މިސްކިތްތަކުގައި ޙިފްޛުކޮށް ތަރާވީޙް ނަމާދުކުރުމަށް ރާއްޖެއިން ބޭރުން ޙާފިޒުން/ޤާރީން ގެނައުމަށް ވީޒާ ދޫކުރުމާއި ގުޅޭ

1444 ވަނަ އަހަރު ރަމަޟާން މަހު ރާއްޖޭގެ މިސްކިތްތަކުގައި ޙިފްޛުކޮށް ތަރާވީޙް ނަމާދުކުރުމަށް ރާއްޖެއިން ބޭރުން ހާފިޒުން/ޤާރީން ގެނައުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އިން ހުއްދަ ދޫކޮށްފައިވާ ފަރާތްތަކުން ރާއްޖެ ގެނައުމަށް ބޭނުންވާ ހާފިޒުން/ޤާރީން ގެ ވީޒާ އަށް އެދި ހުށަހެޅުއްވުމުން، ޝަރުތު ފުރިހަމަވެ އެޕްރޫވަލް ލިބޭ ފަރާތްތަކަށް، އެފަރާތްތަައް ރާއްޖެ އަންނަ ތާރީޚުން ފެށިގެން 45 (ސާޅީސް ފަހެއް) ދުވަހުގެ "ސްޕެޝަލް ވީޒާ" ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، 1444 ވަނަ އަހަރު ރަމަޟާން މަހު ރާއްޖޭގެ މިސްކިތްތަކުގައި ޙިފްޛުކޮށް ތަރާވީޙް ނަމާދުކުރުމަށް ރާއްޖެއިން ބޭރުން ހާފިޒުން/ޤާރީން ގެނައުމަށް އެދޭ ފަރާތްތަކުން، މި މުއައްސަސާގެ އޮންލައިން ޕޯރޓަލް imuga.immigration.gov.mv މެދުވެރިކޮށް 'ސްޕެޝަލް ވީޒާ IM22' އަށް އެދި ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މިގޮތުން ހުށަހަޅުއްވާ އެޕްލިކޭޝަންތަކުގެ ތެރެއިން ހުއްދަ ދިނުމަށް ހަމަޖެހޭ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހަޅާ ތާރީޚުން ފެށިގެން ރަސްމީ 7 (ހަތެއް) ދުވަހުގެ (ސަރުކާރު ބަންދު ދުވަސްތައް ނުހިމެނޭ) ތެރޭގައި 'އިމުގާ' ޕޯޓަލް މެދުވެރިކޮށް އެންގޭނެއެވެ.
ސްޕެޝަލް ވީޒާ އަށް އެދި ހުށަހަޅުއްވާ އެޕްލިކޭޝަނާއެކު ހުށަހަޅުއްވަންޖެހޭ ލިޔެކިއުންތައް:
1.    1444 ވަނަ އަހަރުގެ ރަމަޟާން މަހު މިސްކިތްތަކުގައި ޙިފްޛުކޮށް ތަރާވީޙް ނަމާދުކުރުމަށް ރާއްޖެއިން ބޭރުން ޙާފިޒުން/ޤާރީން ގެނައުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އިން ދޫކޮށްފައިވާ ހުއްދަ.

2.    "ސްޕެޝަލް ވީޒާއަށް އެދޭ ފޯމް" ((IM22

3.    "ވީޒާއަށް އެދޭ ފަރާތުގެ މަޢުލޫމާތު ފޯމް" (IM30)

4.    ބިދޭސީ ފަރާތުގެ "ޕާސްޕޯޓުގެ ޑާޓާ ޕޭޖް" ގެ ސާފު ކުލަ ކޮޕީ
(މެޝިން ރީޑަބްލް ޕާސްޕޯޓެއް ކަމުގައިވުން އަދި ޕާސްޕޯޓަކީ މުއްދަތު އިތުރުކޮށްފައިވާ ޕާސްޕޯޓެއް ކަމުގައި ނުވުން)

5.     ބިދޭސީ ފަރާތުގެ ޕާސްޕޯޓު ސައިޒުގެ ފޮޓޯ (މި ފޮޓޯއަކީ މޯލްޑިވްސް އިމިގްރޭޝަންގެ ޕާސްޕޯޓު ފޮޓޯ މިންގަނޑާ އެއްގޮތަށް ނަގާފައިވާ ފޮޓޯއެއް ކަމުގައި ވާންވާނެއެވެ.)

ސްޕެޝަލް ވީޒާ ލިބިފައިވާ ފަރާތްތަކުން ޕާސްޕޯރޓާއެކު މޯލްޑިވްސް އިމިގްރޭޝަން އެރައިވަލް ކައުންޓަރަށް ހުށަހަޅަން ޖެހޭ ލިޔުންތައް:

1.    "ސްޕެޝަލް ވީޒާ އެޕްރޫވަލް" (ހުއްދަ).

2.    އޮންލައިން ޕޯރޓަލް imuga.immigration.gov.mv މެދުވެރިކޮށް "ޓްރެވަލަރ ޑިކްލަރޭޝަން ފޯމް" ފުރިހަމަކުރުން. (މި ފޯމް ފުރިހަމަކުރުމުން ލިބޭ "ކިއު. އާރު ކޯޑް" މޯލްޑިވްސް އިމިގްރޭޝަނުން ބޭނުންވެއްޖެ ހާލަތެއްގައި އެރައިވަލް ކައުންޓަރ ގައި އިންނަ އިމިގްރޭޝަން އޮފިސަރަށް ދައްކަންވާނެއެވެ)

އެކުގައި އާއިލާގެ ފަރާތްތައް ގެންނަ ހާފިޒުންނާއި ޤާރީންގެ ސަމާލުކަމަށް:
1.    މިފަދަ ފަރާތްތައް ރާއްޖެ އައުމުގެ ކުރިން މިމުއައްސަސާގެ އޮންލައިން ޕޯރޓަލް imuga.immigration.gov.mv މެދުވެރިކޮށް 'ސްޕޮންސަރޝިޕް ޑެކްލަރޭޝަން'  ފޯމް ހުށަހަޅާ، ދަތުރުކުރުމުގެ ހުއްދަ ހޯދުން.

2.    މިފަދަ ފަރާތްތަކަށް ދޫކުރާނީ 30 (ތިރީސް) ދުވަހުގެ އޮން އެރައިވަލް ޓޫރިސްޓް ވީޒާއެވެ. ނަމަވެސް، އޮން އެރައިވަލްގައި ދެވޭ 30 ދުވަހަށްވުރެ އިތުރަށް ރާއްޖޭގައި މަޑުކުރައްވާނަމަ، ވީޒާގެ މުއްދަތު ހަމަވުމުގެ ކުރިން، ވީޒާގެ މުއްދަތު އިތުރުކުރުމަށް 'އިމުގާ' ޕޯޓަލް މެދުވެރިކޮށް 'ޓޫރިސްޓު ވީޒާ IM23' ފޯމު އަދި ފޯމާއި އެކު ހުށައަޅަންޖެހޭ ލިޔެކިއުންތައް ހުށަހަޅަންވާނެއެވެ.

3.    މިފަދަ ފަރާތްތަކުންވެސް ރާއްޖެ އައުމުގެ ކުރިން އޮންލައިން ޕޯރޓަލް imuga.immigration.gov.mv މެދުވެރިކޮށް "ޓްރެވަލަރ ޑިކްލަރޭޝަން ފޯމް" ފުރިހަމަކުރުން. (މި ފޯމް ފުރިހަމަކުރުމުން ލިބޭ "ކިއު. އާރު ކޯޑް" މޯލްޑިވްސް އިމިގްރޭޝަނުން ބޭނުންވެއްޖެ ހާލަތެއްގައި އެރައިވަލް ކައުންޓަރ ގައި އިންނަ އިމިގްރޭޝަން އޮފިސަރަށް ދައްކަންވާނެއެވެ.)

މަތީގައި ދެންނެވިފައިވާ ފަރާތްތައް ރާއްޖޭގައި ހޭދަކުރާ މުއްދަތުގައި އެފަރާތްތަކުގެ ވީޒާގެ ކަންކަން ގަވާއިދާ އެއްގޮތަށް ފުރިހަމަ ކުރެއްވުމަކީ، އެފަރާތްތައް ރާއްޖެ ގެނައުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އިން ދޫކޮށްފައިވާ ހުއްދަ ލިބިފައިވާ ފަރާތުގެ ޒިންމާއެކެވެ. އަދި  ދޫކޮށްފައިވާ ވީޒާގެ މުއްދަތު ހަމަވުމުގެ ކުރިން އެފަރާތްތައް ރާއްޖެއިން ފުރުވާލުމުގެ އިންތިޒާމް ހަމަޖެއްސުމަކީ ވެސް އެފަރާތްތައް ރާއްޖެ ގެނައުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އިން ދޫކޮށްފައިވާ ހުއްދަ ލިބިފައިވާ ފަރާތުގެ ޒިންމާއެއް ކަމުގައި ދެންނެވީމެވެ.
އަދި ދަންނަވަމެވެ. މި ބިދޭސީ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ "ސްޕެޝަލް ވީޒާ" އަދި  "ސްޕޮންސަރޝިޕް ޑެކްލަރޭޝަން" މި މުއައްސަސާއިން އެޕްރޫވްކުރުމުގެ ކުރިން، މިއިން އެއްވެސް ފަރާތަކުން ރާއްޖެއައުމަށް ދަތުރު ނުފެށުމަށް އިލްތިމާސް ކުރަމެވެ.
       މިކަމާއި ގުޅިގެން، އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މިއިދާރާގެ ފޯނު ނަންބަރު 7940452، 9199157 (ހެނދުނު 08:00 އާއި މެންދުރުފަހު 14:00 އާދެމެދު) ގުޅުއްވުމަށްވެސް ދެންނެވީމެވެ.


               


13 ފެބުރުވަރީ 2023
ހޯދާ