މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޭބިސީގެ ޢަދަދު ހޯދުމާއި ގުޅޭ

                1444 ވަނަ އަހަރުގެ ރަމަޟާން މަހު ބެހުމަށްޓަކައި ދިވެހިރާއްޖެއަށް ކަދުރު ލިބުމުގެ ކުރިން، ގޭބިސީތަކުގެ ޢަދަދު ހޯދުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ބޭނުންވެއެވެ. ވީމާ މިރަށުގައި ދިރިއުޅޭ ގޭބިސީތަކުން ކައުންސިލްގެ ފޯން ނަންބަރ: 6600007 އަށް ގުޅުއްވާ 20 ފެބްރުއަރީ 2023ގެ ކުރިން ނަން ނޯޓް ކުރެއްވުން އެދެމެވެ. ގޭ ބިސީއަކަށް ބަލާނީ ވަކިން ކައްކައި ކާބޮއި އުޅޭ ފަރާތްތަކެވެ. އަދި އެފަރާތްތަކަކީ ދިވެހިރައްޔިތުން ކަމުގައިވެސް ވާންވާނެއެވެ.

               މިރަށަށް ލިބޭ ކަދުރު ބެހެވިގެންދާނީ ނަން ނޯޓް ކުރައްވާ ގޭބިސީތަކުގެ މެދުގައިކަމުގައިވެސް ދަންނަވަމެވެ.

               ވީމާ މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

12 ފެބުރުވަރީ 2023
ހޯދާ