މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1444 ވަނަ އަހަރުގެ ރަމަޟާން މަހު ޙިފްޡް ކޮށް އިމާމްވެ ތަރާވީހް ނަމާދު ކުރައްވާ އިމާމް ހުރުމާއި ކެޔުން ހަމަޖެއްސުމާ ގުޅޭ

      1444  ވަނަ އަހަރުގެ ރަމަޟާން މަހު ޙިފްޡް ކޮށް އިމާމްވެ ތަރާވީހް ނަމާދު ކުރައްވާ އިމާމް ހުންނެވުމަށް އެއްމަސް ދުވަހަށް 1 ކޮޓަރި ( އޭސީ ، ފާޚާނާ އަދި ކޭބަލް ޓީވީގެ ޙިދުމަތާއެކު ) އަދި ކެޔުންބުޔުމުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

      މި މަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކުން 12 ފެބްރުއަރީ 2023 ފެށިގެން 20 ފެބްރުއަރީ 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.  

މިމަސައްކަޔާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން 21 ފެބްރުއަރީ 2023 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިއިދާރާގައި އޮންނާނެއެވެ.

          އަންދާސީ ހިސާބު ހުށައަޅުއްވާނީ 2023 މާރޗް  05 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މިއިދާރާއަށެވެ. އަދި މެއިލް ކުރައްވާ ނަމަ މިއިދާރަގެ އީމެއިލް : info@fodhdhoo.gov.mv   އަށް މެއިލް ކުރެއްވުން އެދެމެވެ. މިމަސައްކަތް ކޮށްދިނުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައި ނުވާ ވާހަކަ ދަންނަވަމެވެ.

          މިކަމަށް އެދި ކުރިމަތި ލެވޭނީ ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ނަންބަރ: 18/2014 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ނަންބަރ: 19/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

       ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެއެވެ.

              17 ރަޖަބް 1444

              12 ފެބްރުއަރީ 2023

12 ފެބުރުވަރީ 2023
ހޯދާ