ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް މީހަކު ހޯދުން.

އިޢުލާނު

 

މަޤާމް:

ޑިރެކްޓަރ ޖެނެރަލް

މަޤާމުގެ ނަންބަރު:

J-131798           

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އީ. އެކްސް. 5

މަޤާމުގެ ކްލެސިފިކޭޝަން:

ޑިރެކްޓަރ ޖެނެރަލް

އޮފީސް

ލޭބަރ ރިލޭޝަންސް އޮތޯރިޓީ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ލޭބަރ ރިލޭޝަންސް އޮތޯރިޓީ، މާލެ

މުސާރަ:

13,890.00 ރުފިޔާ (މަހަކު)

ސަރވިސް އެލެވަންސް:

2,000.00 ރުފިޔާ (މަހަކު)

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ލިބިލައްވާ -/1500 ރުފިޔާ (މަހަކު).

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ވަޒީފާއާބެހޭ ޤާނޫނުގެ 79 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އިންތިޒާމްކޮށް ރާވައި ހިންގުން.
  2. ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ސެކްޝަންތަކުގެ މަސައްކަތްތައް ވިލަރެސްކުރުމާއި، ސެކްޝަންތަކުގެ ވެރިންނާ ޙަވާލުކުރަންޖެހޭ މަސައްކަތްތައް ޙަވާލުކޮށް އެކަންކަން ކުރުވުން.
  3. ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ވަޒީފާއާބެހޭ އޮފިސަރުންނަށް މަތިކޮށްފައިވާ ޒިންމާތައް، ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަދާކުރަމުންދޭތޯ ކަށަވަރުކުރުން.
  4. ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުމާއި ގަވާއިދަށް އާންމުން އަހުކުވެރި ކުރުވުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމުގައި މުވައްޒަފުންނަށް އިރުޝާދާއި ލަފާ ދިނުން.
  5. ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ވަޒީފާއާބެހޭ އޮފިސަރުން ބަލައި ފާސްކުރާ ތަންތަނަށް ދިއުމަށް، ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ އިސްވެރިޔާގެ ހައިސިއްޔަތުން ހުއްދަ ދިނުން.
  6. ވަޒީފާއާބެހޭ އޮފިސަރުންނަށް ޤާނޫނުން ލިބިދީފައިވާ ބާރުތައް ތަންފީޒުކުރުމަށް އިދާރީގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުމާއި، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ހުއްދަ ދިނުން.
  7. ވަޒީފާއާބެހޭ އޮފިސަރުން ކުރާ އަމުރުތަކާއި، އަންގާ އެންގުންތައް އަންގަމުން ގެންދަނީ ޤާނޫނާ އެއްގޮތަށްކަން ކަށަވަރުކުރުމާއި، އަމުރު ނެރުމާއި ކަންކަން އިޞްލާޙު ކުރުމަށް އަންގާ އެންގުންތައް އޮތޯރިޓީގެ އިސްވެރިޔާގެ ހައިޞިއްޔަތުން ދޭންޖެހޭ ލަފަޔާއި އިރުޝާދު ދިނުން.
  8. ވަޒީފާއާބެހޭ ޤާނޫނުގެ 84 ވަނަ މާއްދާގެ ދަށުން ވަޒީފާއާބެހޭ އޮފިސަރުން ހިފަހައްޓަންޖެހޭ ސިއްރު މަޢުލޫމާތު އެގޮތުގައި ހިފަހައްޓާކަން ކަށަވަރުކުރުމަށް ބޭނުންވާ އުސޫލުތައް ތަންފީޒުކުރުމާއި، އޮފިސަރުންގެ މަސައްކަތުގެ ޕްރޮފެޝަނަލްކަމާއި ނަޒާހަތްތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން.
  9. ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މަސައްކަތާގުޅޭ ގޮތުން މިނިސްޓަރު ހޯދުމަށް އެދޭ މަޢުލޫމާތު ފޯރުކޮށްދިނުން.
  10. ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް ޤާނޫނާއި ގަވާއިދުތަކާއި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އަޅަމުންދޭތޯ ބަލައި ޗެކުކުރުމާއި، ޤާނޫނު ތަންފީޒުކުރުމަށް ކުރަންޖެހޭ އެނޫންވެސް މަސައްކަތްތައް މުވައްޒަފުންލައްވާ ކުރުވުން.
  11. ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ހިންގުމާ ގުޅޭގޮތުން އެކުލަވާލަންޖެހޭ އުސޫލުތައް އެކުލަވާލުމަށް ބޭނުންވާ ލަފަޔާއި އިރުޝާދުދިނުމާއި، އުސޫލުތައް އެކުލާވާލައި ގަވާއިދުން މުރާޖަޢާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުވުން.
  12. ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މަސައްކަތް ތަރައްޤީކޮށް ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމަށާއި، އޮތޯރިޓީއަށް ބޭނުންވާ ޤާނޫނީ ބާރުވެރިކަން ފަހިކޮށްދިނުމަށް ބޭނުންވާ ފަންނީ ލަފާ މިނިސްޓަރަށް ދިނުން.
  13. ދިވެހިރާއްޖެއިން ބައިވެރިވެ ތަންފީޒުކުރަމުންދާ ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މަސައްކަތާ ގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި، ދާއިރާއިން ބައިވެރިވާ އެހެނިހެން ބައިނަލްއަޤްވާމީ އެއްބަސްވުންތައް ތަންފީޒުކުރުމުގައި ފަންނީ އަދި ޓެކްނިކަލް ގޮތުން ބޭނުންވާ ކަންކަން ދެނެގަނެ، އެ ކަންކަން މިނިސްޓަރަށާއި ޕޮލިސީ ނިންމުމުގައި ޝާމިލްވާ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމާއެކު، އެ ކަންކަމާ ގުޅުންހުރި ތަންފީޒީ ހަރަކާތްތައް ވިލަރެސްކުރުމާއި ޢަމަލީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް މުރާޖަޢާކުރަމުން ގެންދިއުން.
  14. ވަޒީފާއާބެހޭ ޤާނޫނު ތަންފީޒުކުރުމަށް ހުރި ހުރަސްތަކާއި ދަތިތައް ދެނެގަނެ، އެކަންކަމާ ގުޅިގެން ގެންނަންޖެހޭ އިޞްލާޙުތައް މިނިސްޓަރަށް ހުށަހެޅުމާއި، ދިވެހިރާއްޖޭގެ ވަޒީފާގެ މާހައުލު އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާގުޅޭ ސިޔާސަތުތައް ކަނޑައެޅުމަށް ބޭނުންވާ ފަންނީ މަޢުލޫމާތާއި، ލަފަޔާއި، އިރުޝާދު ދިނުން.
  15. ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ އެންމެހާ އިދާރީ މަސައްކަތްތައް ބެލެހެއްޓުން.
  16. ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ އެންމެހާ މުވައްޒަފުންނާ ގުޅޭ މަސައްކަތް ހިންގާ ބެލެހެއްޓުން.
  17. މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، ވަޒީފާއިން ވަކިކުރުމާއި ވަޒީފާ އަދާކުރާތަން ބަދަލުކުރުމުގެ މަސައްކަތްތައް ކުރަމުންދަނީ ސިވިލް ސަރވިސް ގަވާއިދާއި އެކޮމިޝަނުގެ އުޞޫލުތަކާ އެއްގޮތަށްކަން ކަށަވަރު ކުރުން.
  18. އަތޮޅު ތެރޭގައި ސްޓޭޝަންވެގެން މަސައްކަތްކުރާ ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މުވައްޒަފުންގެ އެންމެހޭ ކަންކަން ބަލަހައްޓަމުންދާކަން ކަށަވަރުކުރުން.
  19. ޤާނޫނާއި ގަވާއިދާ އެއްގޮތަށް މަހުން މަހަށް މުވައްޒަފުންނަށް މުސާރަ ދެވެމުންދާކަން ކަށަވަރުކުރުން.
  20. އިޞްލާހީ ފިޔަވަޅު އަޅަންޖެހޭ މުވައްޒަފުންނާމެދު ޤާނޫނާއި ގަވާއިދާ އެއްގޮތަށް ފިޔަވަޅުއެޅުން.
  21. ޒިންމާދާރުވެރިޔާގެ ހައިޞިއްޔަތުން ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މުވައްޒަފުންނާގުޅޭ އެންމެހައި ކަންތައްތައް ޤާނޫނާއި ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން އިސްވެ ބެލެހެއްޓުން.
  22. ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ސެކްޝަންތަކާއި ޔުނިޓްތަކުގެ ވެރިންނަށް މަސައްކަތް ޙަވާލުކޮށް މޮނިޓަރކޮށް މަސައްކަތުގެ ފެންވަރުބެލުމުގެ އުޞޫލުތަކާ އެއްގޮތަށް މަސައްކަތުގެ ފެންވަރު ބެލުން.
  23. ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މަސައްކަތްތަކާ ގުޅޭގޮތުން ހަދަންޖެހޭ އުޞޫލުތައް ހެދުމުގައި ވެރިންނަށް ލަފައާއި އިރުޝާދުދިނުން.
  24. ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ހޯދާ ތަކެއްޗާއި ޚިދުމަތްތައް ހޯދަމުންދަނީ އަދި އޮތޯރިޓީގެ ހަރުމުދަލުގެ އިންވެންޓްރީ ބަލަހައްޓަމުންދަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތަށްކަން ބަލައި ކަށަވަރުކުރުން.
  25. ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ހޯދޭ މުދަލުގެ ތެރެއިން އިންވެންޓްރީ ނަންބަރު ދޭންޖެހޭ ބާވަތުގެ މުދަލަށް ނަންބަރުދީ، ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް ރެކޯޑު ބަލަހައްޓަމުން ދާކަން ކަށަވަރުކުރުން.
  26. އެސް.އޭ.ޕީ ސިސްޓަމް އިން ޕޭމަންޓް ވައުޗަރުތަކާއި، މުސާރަ ޕޯސްޓްކުރުމާއި، ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ހެދިފައިވޭތޯ ޔަގީންކޮށް ޚަރަދުތަކުގެ ވައުޗަރތަކުގައި ސޮއިކުރުން. 
  27. ލޭބަރ ރިލޭޝަންސް އޮތޯރިޓީން ކުރާ ޚަރަދުތައް ކުރަމުންދަނީ ގަވާއިދާ އުޞޫލުތަކާ އެއްގޮތަށްކަން ކަށަވަރުކުރުމާއި ފައިސާ ޚަރަދުވާ ގޮތުގެ ރެކޯޑު ރައްކާތެރިކަމާއެކު ބަލަހައްޓަމުންދާކަން ކަށަވަރު ކުރުމާއި، ފައިސާއާ ގުޅޭ ކަންކަމުގައި މުވައްޒަފުންނަށް ލަފަޔާއި އިރުޝާދުދިނުން.
  28. ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ އަހަރީ ބަޖެޓާއި އަހަރީ ރިޕޯޓް ތައްޔާރުކުރުމުގައި މުވައްޒަފުންނަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުން.
  29. މާލީޒިންމާދާރުވެރިޔާގެ ގޮތުގައި މިއޮތޯރިޓީގެ މާލީ އެންމެހައިކަންތައްތައް މާލިއްޔަތު ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން އިސްވެ ބެލެހެއްޓުން.
  30. ލޭބަރ ރިލޭޝަންސް އޮތޯރީޓީގެ މަސައްކަތާ ގުޅިގެން ބޭއްވޭ ބައްދަލުވުންތަކުގައި އޮފީހުގެ އިސްވެރިޔާގެ ހައިޞިއްޔަތުން ބައިވެރިވުން.
  31. ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މަސައްކަތްތައް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިޔުމަށާއި، މުވައްޒަފުންގެ މަސައްކަތްތައް ހުރިނެތްގޮތް ދެނެގަތުމަށް ބައްދަލުވުންތައް ބޭއްވުން.
  32. ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ފަރާތުން ރާއްޖެއާއި ރާއްޖޭން ބޭރުގައި ބޭއްވޭ މުހިންމު ބައްދަލުވުންތަކުގައި އޮތޯރިޓީ ތަމްސީލުކުރުން.
  33. ވަޒީފާއާބެހޭ ޤާނޫނު ތަންފީޒުކުރުމަށްޓަކައި އަތޮޅުތެރެއަށް ކުރާ ދަތުރުތަކުގައި ބައިވެރިވުން.
  34. ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ އިދާރީ ހިންގުމަށް ބޭނުންވާ ކޮމިޓީތައް އެކުލަވާލުމާއި، ކޮމިޓީތަކުގެ މަސައްކަތްތައް މޮނިޓަރކުރުން.
  35. ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ހުށަހެޅޭ އެންމެހާ ލިޔުންތަކާއި މައްސަލަތައް ކަމާގުޅޭ ސެކްޝަންތަކަށް ރޫޓް ކުރުމާއި ލިޔުންތައް ފައިލްކުރުވުން.
  36. ލޭބަރ ރިލޭޝަންސް އޮތޮރިޓީގައި ބޭނުންކުރަމުންދާ ސޮފްޓްވެއަރތައް އެންމެ އެދެވޭ ގޮތުގައި މަސައްކަތްކުރާކަން ކަށަވަރު ކުރުމާއި، ސޮފްޓްވެއަރއަށް ގެންނަންޖެހޭ ބަދަލުތައ ގެނައުމަށް ދޭންޖެހޭ ހުއްދަތައް ދިނުން.

މަޤާމުގެ ޝަރުޠުތައް:

1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ފެށިގެން މަތީ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަގާމުގެ ތަޢުލީމީ ރޮނގުތައް:

  1. އެޑްމިނިސްޓްރޭޝަން 
  2. ބިޒްނަސް އެޑްމިނިސްޓްރޭޝަން
  3. ބިޒްނަސް މެނޭޖްމަންޓް
  4. ހިޔުމަން ރިސޯސް މެނޭޖްމަންޓް
  5. ލޯ 
  6. މެނޭޖްމަންޓް
  7. ޕަބްލިކް އެޑްމިނިސްޓްރޭޝަން
  8. ޝަރީޢާ އެންޑް ލޯ  

މަގާމުގެ ޕްރިފަރޑް ޑިސިޕްލިންތައް:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން
  2. ބިޒްނަސް މެނޭޖްމަންޓް
  3. ޕަބްލިކް އެޑްމިނިސްޓްރޭޝަން

 މަގާމުގެ ކޯ ޑިސިޕްލިންތައް:  ނެތް

މަގާމުގެ މަސައްކަތު ދާއިރާތައް:

  1. އެޑްމިނިސްޓްރޭޝަން
  2. މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)   https://www.csc.gov.mv/download/2021/51/7f22c518-63f5-44c3-a398-944ce57c1b56.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ހުށަހެޅެން ނެތް ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް  ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް  ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާ ންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުތު ހަމަވުމުން (%30)
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (%5)
  3. ޕްރިފަރޑް ޑިސިޕްލިންގެ ސެޓްފިކެޓް (%5)
  4. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ (%5)
  5. އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) (% 15)
  6. ޕްރެޒެންޓޭޝަން (% 10)
  7. އިންޓަރވިއު (%30)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 ފެބްރުވަރީ 20 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި ޕްރެޒެންޓޭޝަން އަދި އިމްތިހާނު އޮންނާނީ 2023 ފެބުރުވަރީ 23 އާ 2023 މާރިޗު 22 އާ ދެމެދުއެވެ. އިމްތިހާނު އޮންނާނީ ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ތަނެއްގައެވެ. އިންޓަރވިއު އަދި ޕްރެޒެންޓޭޝަން ކުރިއަށް ގެންދެވޭނީ ސިވިލް ސަރވިސް ކޮމިޝަނުގައި ނުވަތަ "ވީޑިއޯ ކޮންފަރެންސް" މެދުވެރިކޮށެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއުއަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި ކޮމިޝަނުގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3307315 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް  ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

12 ފެބުރުވަރީ 2023
ހޯދާ