ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ސަޕޯޓް ސްޓާފް

ސަޕޯޓް ސްޓާފް
ހުޅުމާލެ އޮޕަރޭޝަންސް

ވަޒީފާއަދާކުރަންޖެހޭ ތަން: ހުޅުމާލެ
މަސައްކަތު ގަޑި: ޝިފްޓް ޑިއުޓީ

ތައުލީމީ ފެންވަރާއި ތަޖުރިބާ:
- އަސާސީ ތަޢުލީމުގެ ފެންވަރުހުރުމާއި އެކު މަސައްކަތްކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.

މަޤާމުގެ މަސްއޫލިއްޔަތު:
ކޯޕަރޭޝަނުން ހިންގާ އެކިއެކި ޕްރޮޖްކްޓްތަކަށް ބޭނުންވާ އެންމެހައި ޢަމަލީ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް:
- ކޯޕަރޭޝަނުން ބަލަހައްޓާ އިމާރާތްތަކާއި އަދި އެފަދަ އެހެނިހެން ތަންތަނުގެ މަރާމާތުގެ މަސައްކަތްތައް ކުރުން. މީގެތެރޭގައި ޕޭވްމަންޓް އާއި މަގުތަކުގައި ގާއެތުރުމާއި، ލައިޓް މަރާމާތުކުރުމާއި، ކޮންކްރީޓް އެޅުމާއި، ކާޕެންޓްރީ އަދި މޭސަނަރީ އާއި ގުޅުންހުރި މަސައްކަތްތައް
- ހުޅުމާލެ އޮޕަރޭޝަންސް އިން ހިންގާ އެކިކަހަލަ ކޮންސްޓްރަކްޝަން އަދި ޑިވެލޮޕްމަންޓް ޕްރޮޖެކްޓް މަސައްކަތްތަކުގައި އެހީތެރިވެދިނުން. މީގެތެރޭގައި ޕާރކް ހެދުމާއި އަދި އިމާރާތްކުރުމުގެ މަސައްކަތްތައް.
- މަގާމުގެ މަސްއޫލިއްޔަތާއި ގުޅޭގޮތުން ޑިޕާރޓްމަންޓުގެ އިސްވެރިޔާ ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށްވުން.
- މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރެވޭ ފަރާތަކަށްވުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ފުރިހަމަ ސިއްހަތެއްގައި ހުރުން.

މުސާރަ: 10500.00ރ
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެ.

ބޭނުންވާ ލިޔެކިޔުންތައް:

- އައިޑީ ކާޑު ކޮޕީ ނުވަތަ ލައިސަންސް ކާޑު ކޮޕީ
- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން
- ޕޮލިސް ރިޕޯޓް

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 16 ފެބްރުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެޗްޑީސީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.

ޕޯޓަލް ލިންކު: (https://jobs.hdc.com.mv/)

އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.

 

09 ފެބުރުވަރީ 2023
ހޯދާ