ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް މެކޭނިކް

އެސިސްޓެންޓް މެކޭނިކް
ޙުޅުމާލެ އޮޕަރޭޝަންސް

ތައުލީމީ ފެންވަރާއި ތަޖުރިބާ:
- އަސާސީ ތަޢުލީމު ފެންވަރު ހުރުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ސަނަދެއް ނުވަތަ ލައިސެންސްއެއް ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

މަޤާމުގެ މަސްއޫލިއްޔަތު:
އެސިސްޓެންޓް މެކޭނިކްގެ ހައިސިއްޔަތުން ކޯޕަރޭޝަނުގެ ވެހިކަލްތަކުގެ ރިޕެއަރ އަދި މެއިންޓެނަންސްގެ އެންމެހާ މަސައްކަތްތައް ސުޕަވައިޒަރުގެ ލަފާގެ މަތިން ކުރުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް:
- ވެހިކަލް ރިޕެއަރ އަދި މެއިންޓެނަންސް އާއި ގުޅުންހުރި، ވޯރކްޝޮޕް މަސައްކަތުގައި އެހީތެރިވެދިނުން
- ކޯޕަރޭޝަނުގެ ވެހިކަލްތައް ކޯޕަރޭޓް ޑިޒައިން އާއި އެއްގޮތަށް ޕެއިންޓް ކުރުމުގެ އެންމެހާ މަސައްކަތައް ސުޕަވައިޒަރުގެ އިރުޝާދާއި އެއްގޮތްވާ ގޮތުގެ މަތިން ކުރުން
- ކޯޕަރޭޝަނުގެ ވެހިކަލްތައް ޓިންކަރ ކުރުމުގެ މަސައްކަތްކުރުން.
- މަޤާމުގެ މަސައްކަތާއި ގުޅޭ ރިޕޯރޓްތައް ސުޕަވައިޒަރުގެ ލަފާގެ މަތިން ތައްޔާރުކުރަންޖެހިއްޖެ ޙާލަތުގައި ތައްޔާރުކުރުން
- މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން ސްޕަވައިޒަރު ހަވާލުކުރާ މަގާމާއި، މަގާމުގެ މަސްޢޫލިއްޔަތާއި ގުޅުންހުރި އެހެނިހެން މަސައްކަތްތައްކުރުން

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރެވޭ ފަރާތަކަށްވުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން

މުސާރަ: 12،500.00ރ
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

ބޭނުންވާ ލިޔެކިޔުންތައް:
- އައިޑީ ކާޑު ކޮޕީ އަދި ލައިސަންސް ކާޑު ކޮޕީ
- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 16 ފެބުރުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެޗްޑީސީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.

ޕޯޓަލް ލިންކު: (https://jobs.hdc.com.mv/)

އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.

09 ފެބުރުވަރީ 2023
ހޯދާ