ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޙާފިޡް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާ ބެހޭ

                 މިއަހަރު ރަމަޟާން މަހު މިރަށުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙް ނަމާދު ކުރުމަށް ގެންނަ ޙާފިޡް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ، އަމިއްލަ ޚަރަދުގައި ޙާފިޡް ބަލަހައްޓައި ދިނުމަށް އެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ. މި ފުރުސަތުގެ ދަށުން ޙާފިޡް ބެލެހެއްޓުމަށް ޙަވާލުވެ ލައްވާ ފަރާތުން ހުރުމާއި، ކެއުން އަދި އަންނައުނު ދޮވެ އިސްތިރިކޮށް ދިނުމުގެ ޚިދުމަތް ދޭންވާނެއެވެ.

                 ވީމާ، އަމިއްލަ ޚަރަދުގައި ޙާފިޡް ބަލަހައްޓައި ދިނުމަށް އެދިލައްވާ ފަރާތްތަކުން 20 ފެބުރުވަރީ 2023ވާ (ހޯމަދުވަހު) 12:00ގެ ކުރިން ލިއުމަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އިތުރުމަޢުލޫމާތު ބޭނުންފުޅުވާނަމަ މި އިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކްޓިވް އަލްފާޟިލް މުޙައްމަދު ސަޢީދު 7903887 އަށް ގުޅުއްވުން އެދެމެވެ.

                 މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

09 ފެބުރުވަރީ 2023
ހޯދާ