ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޭޝަނަލް ސެޓްފިކެޓް ލެވެލް 3 އިން މެރިން މެކޭނިކްސް ޓްރެއިނިންގ ޕްރޮގްރާމާއި ގުޅޭ؛

ރަށުގެ ޒުވާނުންނަށް ބޭނުންވާ ތަޢުލީމާއި ވޮކޭޝަނަލް ޓްރެއިނިންތައް ހިންގުމުގެ ގޮތުން މިކައުންސިލާއި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި ގުޅިގެން ނޭޝަނަލް ސެޓްފިކެޓް ލެވެލް 3 އިން މެރިން މެކޭނިކްސް ޓްރެއިނިންގ ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މި ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2023 ފެބްރުވަރީ 20 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން "ޓްރެއިނިންގ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް އެދޭ ފޯމް" ހުށަހެޅުއްވުން އެދެމެވެ. މި ފޯމް މިއިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 ފެބުރުވަރީ 2023
ހޯދާ