އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
 ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތީގެ ބިން އަމިއްލަ ކުރުމުގެ އަގު ކަނޑައެޅުމާއި ގުޅޭ:

                                                       ނަންބަރު: (IUL)345-CAA/345/2023/4

އިޢުލާން

   ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތީގެ ބިން އަމިއްލަ ކުރުމުގެ އަގު ކަނޑައެޅުމާއި ގުޅޭ:

 

       މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން ޢާއްމު ކުރައްވާފައިވާ ޤަވާޢިދު ނަންބަރު: 2022/R-181 " ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަގޯތި އަމިއްލަކުރުމާއި ގަނެވިއްކުމާއިބެހޭ ޤަވާޢިދު " ގެ 9 ވަނަ މާއްދާގެ (ހ) އިން ބިމުގެ އަގު ކަނޑައެޅުމަށް ކައުންސިލްތަކަށް ލާޒިމްކޮށްފައިވާތީ އަރިއަތޮޅު އުތުރުބުރީ މާޅޮހުން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަ ކުރުމަށްޓަކައި އެ ގޯތި ރަޖިސްޓްރީ ކޮށްދީފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ، ބިން އަމިއްލަ ކުރުމުގެ އަގެއްގެ ގޮތުގައި މި ކައުންސިލުން ކަނޑައަޅާފައިވަނީ އަކަފޫޓަކަށް 35/-ރ  ( ތިރީސް ފަސް ރުފިޔާ ) އެވެ.

       ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

09 ފެބުރުވަރީ 2023
ހޯދާ