ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1444 ވަނަ އަހަރު ރަމަޟާންމަހު ޙިފްޘްކޮށް ތަރާވީޙު ނަމާދު ކުރުމަށް ވަޑައިގަންނަވާ ޙާފިޘަށް ބޭނުންވާ ބައެއް ޚިދުމަތްތައް ދަރުމައަށް ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލުމާއި ގުޅޭ:

            1444 ވަނަ އަހަރު ރަމަޟާންމަހު މިރަށު މަސްޖިދުލް ނިބްރާސްގައި އިމާމުވެ ޙިފްޘުކޮށް ތަރާވީޙު ނަމާދު ކުރުމަށް ވަޑައިގަންނަވާ ޙާފިޘަށް ދެއްވަންޖެހޭ ބައެއް ޚިދުމަތްތައް ދަރުމައަށް ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

ޙާފިޘަށް ދެއްވުމަށް ބޭނުންވާ ޙިދުމަތްތައް:

  • ޙާފިޘުގެ ހުރުން ހަމަޖައްސަވާ ދެއްވުން (އޭސީ ކޮޓަރި)
  • ޙާފިޘުގެ ކެއުން ހަމަޖައްސަވާ ދެއްވުން
  • ޙާފިޘުގެ އަންނައުނު ދޮވެ އިސްތިރިކޮށް ދެއްވުން

 

               ވީމާ، މިމަސައްކަތްތައް ދަރުމައަށް ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން، 09 ފެބުރުއަރީ 2022 ވާ ބުރަސްފަތި ދުވަހުގެ 08:30 ން ފެށިގެން،16 ފެބުރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މިއިދާރާއަށް އަންގަވާ ދެއްވުން އެދެމެވެ.

މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރު: 6500035 ފޯނަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި މެއިލް ކުރަށްވާނަމަ، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

               މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 ފެބުރުވަރީ 2023
ހޯދާ