ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޅ.ނައިފަރު G2/T/01 (ތެޔޮގުދަން) އިމާރާތް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުން

ޅ.ނައިފަރު G2/T/01 އިމާރާތް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް މިކައުންސިލްގެ ނަންބަރ: (IUL)327-C/327/2023/43 (‏31 ޖަނަވަރީ 2023) އިޢުލާން އިދާރީ މައްސަލަތަކެއް ހުރުމުން ޢިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ. ޅ.ނައިފަރު G2/T/01 އިމާރާތް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަށް ހޯދުމަށް 3 ވަނަ ފަހަރަށް ހޯދުމަށް ހުޅުވާލަމެވެ.

ވީމާ، މިއިމާރާތް ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ބީލަމުގައި ބައިވެރިވެ، އަގު ހުށަހެޅެއްވުން އެދެމެވެ.

 

ބީލަމުގައި ރަޖިސްޓްރީ ވުން                 

ބީލަމުގައި ރަޖިސްޓްރީ ވުމުގެ މުއްދަތު:

8 ފެބްރުއަރީ 2023 އިން 15 ފެބްރުއަރީ 2023 (10:00) އަށް

މަޢުލޫމާތު ސާފުކުރުން:

8 ފެބްރުއަރީ 2023 އިން 15 ފެބްރުއަރީ 2023 (10:00) އަށް

ގުޅޭނެ ނަންބަރ:

6620126 އަދި 6620163

އީމެއިލް އެޑްރެސް:

[email protected] އަދި [email protected] އަށް ސީސީ ކުރަންވާނެއެވެ.

ރަޖިސްޓްރޭޝަން ފީ:

-/100 (އެއްސަތޭކަ) ރުފިޔާ

ނޯޓް: ފައިސާ ދެއްކުމަށް ފަހު، ވިޔަފާރީގެ ނަން، އީމެއިލް އެޑްރެސް އަދި ވެރިފަރާތުގެ މަޢުލޫމާތު 7790661 އަށް ވައިބަރ އަށް އަދި [email protected] އީމެއިލް އަށް ފޮނުއްވާ [email protected] އަށް ސީސީ ކުރަންވާނެއެވެ.

ފައިސާ ދެއްކުން:

އިންޓަރނެޓް ބޭންކިން މެދުވެރިކޮށް

އެކައުންޓް ނަން: 1370 Revenue 1

އެކައުންޓް ނަންބަރ: 7705700335001

ޕްރީބިޑް މީޓިންގ:

މި ބިޑާއި ގުޅިގެން ޕްރީބިޑް މީޓިންގ އެއް ނޯންނާނެ.

 

 

 

 

ބީލަން ހުށަހެޅުން                                      

ބީލަމުގައި ހުށަހެޅުމުގެ ސުން ގަޑި:

16 ފެބްރުއަރީ 2023 (13:00) ބުރާސްފަތި އަށް

ބީލަން ހުށަހެޅުމުގެ މީޓިން އޮންނާނެ ތަން:

ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ | އެމް.ޕީ.ބީ

ބީލަން ހުށަހަޅާއިރު:

  • ހުށަހަޅާ ބީލަން އޮންނަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ.

ސިޓީ އުރާގެ ބޭރުގައި "ޅ.ނައިފަރު G2/T/01 އިމާރާތް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުން" ލިޔެފައި އޮންނަންވާނެއެވެ.

  • ބީލަންތައް ކެނޑުމަށް ހަމަޖެހިފައިވަނީ، ބީލަން ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ.
  • ބީލަން ހުށަހެޅޭނީ، ކަނޑައެޅިފައިވާ ވަގުތުގައި، ނައިފަރު ކައުންސިލްގެ އިދާރާއަށް ދުރުވެ، ބީލަން ހުށަހެޅުމުގެ މީޓިން ގައި ބައިވެރިވެގެންނެވެ.

ބީލަމުގައި ބައިވެރިވެވޭ ފަރާތްތައް:

މި ބީލަމުގައި ރަޖިސްޓްރީވުމަށް ފައިސާ ދައްކާފައިވާ ފަރާތަކަށް ނޫނީ އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނެއެވެ.

08 ފެބުރުވަރީ 2023
ހޯދާ