އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމާއި ވާރކް ޕާރމިޓް މެނޭޖްމަންޓްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

މި އިޢުލާނަކީ 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަކަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ކަނޑައަޅާފައިވާ އަގު ތަކަށް، ބިދޭސީން ރެކުރޫޓުކުރުމަށް ބޭނުންވާ، 3 (ތިނެއް) ރެކްރޫޓްމަންޓް އެޖެންސީ ހޯދުމަށް ކުރެވޭ އިޢުލާނެކެވެ. އަދި ހޮވާލެވޭ މި 3 (ތިނެއް) ފަރާތުގެ ތެރެއިން ވާރކްޕާރމިޓް މެނޭޖްކުރުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ރެކްރޫޓްމަންޓް އެޖެންސީއެއް ކަނޑައެޅުމަށް ކުރެވޭ އިޢުލާނެކެވެ.

ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް

  1. ޚިދުމަތް ދޭ ފަރާތަކީ ސަރުކާރުގެ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވާން ވާނެއެވެ.
  2. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓު ފުރިހަމަ ކުރައްވާ 08 ފެބުރުވަރީ 2023 ވާ ބުދަ ދުވަހުން ފެށިގެން 16 ފެބުރުވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ނިޔަލަށް [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
  3. މި އިޢުލާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވެލައްވާ ނަމަ 19 ފެބުރުވަރީ 2023 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ދެންނެވިފައިވާ އީމެއިލް އަށް ފޮނުއްވާ ދެއްވުން އެދެމެވެ.
  4. މި އިޢުލާނާއިގުޅޭ މަޢުލޫމާތު ކަރުދާސް، އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައި ވާނެއެވެ. އަދި ބީލަން ހުށަހެޅުމުގައި މި މަޢުލޫމާތައް ރަނގަޅަށް ކިޔާ ދިރާސާކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
  5. ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތް ތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.

ބީލަން ހުށަހެޅުން (އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ މީޓިން ރޫމް)

23 ފުބުރުވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި

08 ފެބުރުވަރީ 2023
ހޯދާ