އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އ.ތ.މ ކޮމިޓީގެ ފަރާތުން 2023 ވަނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ބޭސިކް ފަހާކޯހުގެ ބައިވެރިން ހޯދުމާއި ގުޅޭ

އިޢުލާން

 

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން 2023 ވަނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ކޯސް ތަކުގެ ތެރެއިން ބޭސިކް ފަހާކޯހުގެ ބައިވެރިން ހޯދުމަށް

 

  އައްޑޫސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އައްޑޫ ސިޓީގެ އަންހެނުންނަކީ ފުދުންތެރި ހުނަރުވެރި ބަޔަކަށް ހެދުމުގެ މަޤްޞަދުގައި އައްޑޫސިޓީގެ ހުރިހާ ރަށަކަށް އަމާޒުކޮށްގެން ބޭސިކް ފާހާ ކޯހެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

މި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ  4 ކުލާހަކަށް ބަހާލެވިގެންނެވެ. އެއީ ހިތަދޫ އެއް ކުލާސް، މަރަދޫ އަދި މަރަދޫފޭދޫ އެއް ކުލާސް، ފޭދޫ އެއްކުލާސް އަދި ހުޅުމީދޫ އެއް ކުލާހެވެ. މި ކޯހުގައި 16 ވައްތަރެއް ފަހަން ދަސްކޮށްދެވޭނެއެވެ. އަދި މި ކޯހުގެ މުއްދަތަކީ 1 މަސް ދުވަހެވެ.

  ވީމާ، މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 16 ފެބްރުއަރީ 2023 ވާ ބުރާސްފަތި ދުވަހު 12:00 ގެ ކުރިން ކޯހުގައި ނަން ނޯޓުކުރުމަށާއި، އިތުރު މަޢުލޫމާތު ހޯއްދެވުމަށް ކޮމެޓީގެ ރަސްމީ ނަންބަރަށް 9336787 އަށް ގުޅުއްވުން އެދެމެވެ.

 

17 ރަޖަބު 1444

08 ފެބްރުއަރީ 2023

08 ފެބުރުވަރީ 2023
ހޯދާ