ށ. އަތޮޅުމަދަރުސާ
ދިވެހިރާއްޖެ
ސެކިޔުރިޓީ ބަލަހައްޓައި ދޭނޭ ފަރާތެއް ހޯދުން

އިއުލާން

 

މަދަރުސާގެ ސެކިޔުރިޓީ ބަލަހައްޓައި ދޭނޭ ފަރާތެއް ހޯދުން

 

                                                                 ނަންބަރު  (IUL)GS34/2023/05

              2023ވަނަ އަހަރަށް މ މަދަރުސާގެ ސެކިޔުރިޓީ ބަލަހައްޓައިދޭނޭ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

             ވީމާ ، މި މަދަރުސާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިމަދަރުސާގެ ސެކިޔުރިޓީ ބަލަހައްޓައި ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚު ތަކުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

ބީލަމަށް ރަޖިސްޓްރީ ކުރުން

2023 ފެބްރުއަރީ 08 އިން 2023 ފެބްރުއަރީ 14 ވާ އަނަގާރަ ދުވަހުގެ 12:00އާއި ހަމަޔަށް (ބީލަމަށް ރަޖިސްޓަރ ކުރެވޭނީ ތިރީގައިވާ ލިންކުންނާއި ށ. އަތޮޅު މަދަރުސާގެ އޮފީހުންނެވެ.)  https://bit.ly/3LHvsPM

މަޢުލޫމާތު ސާފުކުރެއްވުން

2023 ފެބްރުއަރީ 14 ވާ އަންގާރަ ދުވަހުގެ 12:00 އާއި ހަމަޔަށް ށ. އަތޮޅު މަދަރުސާއިންނާއި ގެޒެޓްގައި ޝާއިޢު ކުރެވިފައިވާ މަޢުލޫމާތު ލިންކުން.

ބީލަން ހުށަހެޅުއްވުން

2023 ފެބްރުއަރީ 16 ވާ އބުރާސްފަތި ދުވަހުގެ 13:00 ގައި ށ. އަތޮޅު މަދަރުސާގައި.

 

   މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

   އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި " ށ.އަތޮޅުމަދަރުސާގެ ސެކިޔުރިޓީ ބެލެހެއްޓުން-2023 " މިހެން ލިޔެފައި އޮންނަންވާނެއެވެ.

             އަދި ދަންނަވެމެވެ. މި ޕްރޮޖެކްޓްގެ ބީލަމަށް ރަޖިސްޓްރީ ކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި ރަޖިސްޓްރީކޮށް މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

                        17 ރަޖަބު    1444        

                        08 ފެބުރުވަރީ 2023

08 ފެބުރުވަރީ 2023
ހޯދާ