ދިވެހިރާއްޖެ
(IUL)297-SM/297/2023/18ނަންބަރު
އިޢުލާން
މަސްޖިދުލް ޢަދާލާ މިސްކިތުގައި ނޮވިލޯން އެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
މިރަށު މަސްޖިދުލް ޢަދާލާ މިސްކިތުގައި އެޅުމަށް ނޮވިލޯން ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ، މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މިކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/19) ގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އަދި މިކަމަށް އެދި ހުށަހަޅާ އެއްވެސް ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.
ވީމާ މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު ގެޒެޓްކުރެވިފައިވާ މައުލޫމާތު ކަރުދާސް ބެއްލެވުމަށްފަހު 19 ފެބްރުއަރީ 2023 ވާ އާދިއްތަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ހާޒިރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ. މިބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް ގެޒެޓްކުރެވިފައިވާތީ، އިތުރު ޕްރީބިޑް ބައްދަލުވުމެއް ނޯންނާނެއެވެ. ވީމާ، މިކަމަށް ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކުން ދެންނެވިފައިވާ ތާރީޚާއި ގަޑިއަށް ބީލަން ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ.
ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ އަސްލާއި ބީލަން ހުށަހަޅާފަރާތުގެ ބަދަލުގައި އެހެން ފަރާތެއް ބީލަން ހުށަހެޅުމަށް ހާޒިރުވާނަމަ އެކަން އަންގައިދޭ ރަސްމީ ލިޔުން (ކޮންސެންޓް ލެޓަރ) ހުށަހަޅަންވާނެއެވެ. އަދި ބީލަމާއެކު ހުށަހެޅުމަށް މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުން ހުށަހަޅަންވާނެއެވެ.
މާކްސްދެވޭ ކްރައިޓީރިއާ |
މާކްސް ދެވޭ ގޮތް |
ތަފްސީލް |
ފޯމިއުލާ |
އަގު |
80% |
|
(Benchmark Price / Submitted Price) x Allocated Percentage |
މުއްދަތު |
15% |
|
(Submitted years of experience / Benchmark years) x Allocated Percentage |
ތަޖުރިބާ |
5% |
|
(Submitted years of experience / Benchmark years) x Allocated Percentage |
މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
08 ފެބްރުވަރީ 2023