ދިވެހިރާއްޖެ
މި ރަށުގައި ހިންގަމުންދާ ގެސްޓްހައުސް ތަކާއި، މި ކައުންސިލް ގުޅިގެން ގެސްޓްބީޗް ސާފުކޮށް ބެލެހެއްޓުމަށް ކޮންޓްރެކްޓް އުޞޫލުން މަހަކު 5000.00 ރުފިޔާ (ފަސްހާސް ރުފިޔާ) އަށް މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މިކަމަށްއެދި ހުށަހަޅުއްވާ ފަރާތްތަކުގެ ކިބައިގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާން ވާނެއެވެ.
1 އަސާސީ ތަޢްލީމްގެ ފެންވަރަށް ލިޔަން ކިޔަންއެނގުން.
2 ޢުރުން 18 އަހަރާއި، 55 އަހަރާއި ދެމެދުގެ މިފަދަ މަސައްކަތެއް ކުރެވޭފަދަ ޞިއްހަތެއްގައި ހުރި މީހަކުކަމުގައިވުން.
ކުރަންޖެހޭ މަސައްކަތް:
- ކޮންމެ ދުވަހެއްގެ ހެނދުނު 7.00 ގެ ކުރިން ގެސްޓްބީޗަށްގޮސް ބީޗްގެ ހުޅަނގު ދެނު ކަންމަތިން މިހާރު ސާފުކޮށްފައިވާ ހިސާބުން ފެށިގެން އިރަށް ގޮސް ނިކަގަހާއި ހަމައަށް (މިހާރު ސާފުކޮށްފައިވާ ސަރަޙައްދު) މަށަންދަތިއަޅާ ކުނިނަގާ ސާފުކުރުން. (ރުއްގަހުން ފައިބާ ކުނި އެއްގަމު ހޭޅީގެ އެތެރެއަށް އެޅުމާއި، އެހެނިހެންކުނީގެ ބާވަތްތައް ވަކިކޮށް އެކަމަށް ޚާއްޞަކުރެވިފައިވާ ޑަސްޓްބިންތަކަށް އެޅުން.)
- ކޮންމެ ދުވަހެއްގެ ހެނދުނު 7.00 ގެ ކުރިން ގެސްޓްބީޗަށްގޮސް ގެސްޓްބީޗްގެ ގޮތުގައި ކަނޑައޅާފައިވާ ސަރަޙައްދުގެ ގޮނޑުދޮށަށް ލައްގާތަކެތި ހޮވާ ކުނިއެޅުމަށް ޚާއްޞަކުރެވިފައިވާ ޑަސްޓްބިން ތަކަށް އެޅުމާއި، ރާޅުޖަހާ ހިސާބުންފެށިގެން އެއްގަމުގެ ބީޗް މަށަންދަތިއަޅާ ސާފުކުރުން.
- ކޮންމެ ދުވަހެއްގެ ހަވީރު 6.00 ގެ ކުރިން ގެސްޓްބީޗް ސަރަޙައްދަށްގޮސް އެތަނުގެ ގޮނޑިތަކާއި އެހެނިހެން ތަކެތި ހުރި ޙާލަތުބަލާ ރައްކައުތެރި ކުރަންޖެހޭ ތަކެތި ރައްކައުތެރި ސަރަޙައްދަކަށް ގެނައުން. (ޢާންމުކޮށް ރާޅުއަރާ ސަރަޙައްދުގައި އެއްޗެއް ހުރިނަމަ އެއްގަމަށް އެރުވުންފަދަ ކަންކަން)
ހުށަހަޅަންޖެހޭ ތަކެތި.
- މަސައްކަތްކުރުމަށް ޝައުޤުވެރިކަން ފާޅުކޮށް ހުށަހަޅާ ލިޔުން.
- މުއްދަތުހަމަނުވާ އައިޑީކާޑުގެ ދެފުށުގެ ސާފު ކޮޕީ.
- ބޭންކް އެކައުންޓް އެނގޭނެ ރަސްމީ ލިޔުމެއް.
ވީމާ މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 14 ފެބްރުވަރީ 2023 ވަނަ ދުވަހުގެ 13.00 އަށް ހުށަހަޅަންޖެހޭ ތަކެތި ހިއްޕަވައިގެން މި ކައުންސިލަށް ޙާޟިރުވުން އެދެމެވެ. ޝަރުޠު ފުރިހަމަވާ އެއްފަރާތަށްވުރެ ގިނަ ފަރާތް ކުރިމަތިލައިފިނަމަ މި މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ކަނޑައެޅޭނީ އެ ފަރާތްތަކުގެ މެދުގައި ޤުރުޢަތުލައިގެންނެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢްލާން ކުރީމެވެ.