މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދު މޫސާޢަލީ މަރާމާތު ކުރުމާބެހޭ

  • މަސްޖިދު މޫސާޢަލީ މަރާމާތު ކުރުމާބެހޭ 

މިސްކިތްތަކަށް ކުރާ ހޭދައަކީ އޭގެ ފައިދާ އެފަރާތަކަށް ކުރާނެ ހެޔޮކަމަކަށް ވާތީ މިސްކިތް މަރާމާތު ކުރުމުގެ މަސައްކަތުގައި ޢަމަލީގޮތުންނާއި މާލީގޮތުން ބައެއް ފަރާތްތަކުން ބައިވެރިވާން ބޭނުންވާކަމަށް ޝައުޤުވެރިކަން ފާޅުކުރަމުން އެބަގެންދެއެވެ. އެހެންކަމުން މިރަށު މަސްޖިދު މޫސާޢަލީގައި ކުރަންހުރި މަރާމާތުތައް ކުރުމަށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. ވީމާ މިކަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 20 ފެބްރުވަރީ 2023 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީގަޑީގައި މިއިދާރާގައި ނޯޓްކުރެއްވުން އެދެމެވެ. އެގޮތުން ތިރީގައިވާ ކަންތައްތަކަކީ މިހާރު ކުރަން ބޭނުންވެފައިވާ ކަންކަމެވެ. އޭގެތެރެއިން ކަމެއް ނުވަތަ ބައެއް ނުވަތަ ކަންތައްތަކެއްވެސް ކުރުމަށް ހަމަޖެއްސިދާނެއެވެ.

  1. 1 ވަޅު މަތިގަނޑު ހެދުން.
  2. 3 ގާޑަން ސްޓޭންޑް ލައިޓް ރަގަޅުކުރުން.
  3. ގޭޓް ލައިޓްތައް ރަގަޅުކުރުން.
  4. 14 ގާޑަން ލައިޓް ރަގަޅުކުރުން (ގްރައުންޑް ލައިޓް)
  5. 1 ފާޚާނާތަށި ބަދަލުކުރުން.
  6. 2 ފާޚާނާ އިސްކުރު އަދި ސީޝަވަރ ހަރުކުރުން.
  7. 1 ފާޚާނާ ދޮރުގެ އަތްގަނޑު ތަޅު ބަދަލުކުރުން.
  8. ރޭމްޕުގެ ޗެންޗޭނު ދަގަނޑު ރަގަޅުކުރުން.
  9. 5 ބޮޑުދޮރުގެ ތަންޑް ބަދަލުކުރުން.
  10. 10 ބޮޑުދޮރުފަތް އެލިފަ ހުންނާތީ ރަގަޅުކުރުން.
  11. 20 ކުޑަދޮރުފަތުގެ އަތްގަނޑު ބަދަލުކުރުން.
  12. 8 ބޮޑުފަންކާ ބަދަލުކުރުން.
  13. 14 ސީލިންގ ފަންކާ ބަދަލުކުރުން (މިސްކިތު އެތެރެ)
  14. 16 ސިލިންގ ފަންކާ ބަދަލުކުރުން (ބޭރު)
  15. 32 ފޫޓު ފެންކާޕެޓް އެޅުން.
  16. އިންފާރު ކުލަކަހައި ކުލަލުން.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ/ ބ. ހިތާދޫ

ފޯން:  6600007

07 ފެބުރުވަރީ 2023
ހޯދާ