މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުސްހަފް ނެގުން

ގިނަ ދުވަސްވެ ހަލާކުވެފައިވާ މުސްހަފް ރައްކާތެރިކަމާއިއެކު ނައްތާލުމުގެ ޕްރޮގްރާމެއް ހިންގުމަށް ކައުންސިލުންވަނީ ގަސްތުކޮށްފައެވެ. ހަލާކުވެފައިވާ މުސްހަފްގެ ބަދަލުގައި އައު މުސްހަފް ދޫކުރާނެ ވާހަކަވެސް ދަންނަވަމެވެ. އައު މުސްހަފް ދޫކުރަން ހަމަޖެހިފައިވަނީ ކައުންސިލްގައި މިވަގުތު ހުރި ސްޓޮކް ހުސްވަންދެނެވެ.

ގޭބިސީތަކުގައި ރައްކާކުރެވިފައިހުރި ބޭނުންނުކުރެވޭވަރަށް ހަލާކުވެފައިވާ މުސްހަފްތަކާއި އަންމާފޮތްތަކާއި ދީނީފޮތްތައް ކައުންސިލާ ޙަވާލުކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި މިފަދައިން ކައުންސިލަށް ގެނެވޭ ތަކެތި ކައުންސިލުން ބަލައި ފާސްކުރުމަށްފަހު، ރައްކާތެރިގޮތުގައި ނައްތާލުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ. މިފަދައިން ގެނެވޭ ތަކެއްޗާއި ޙަވާލުވާނީ 2023 ފެބުރުވަރީ 28 ވާ އަންގާރަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރުފަހު 1:30 އަށެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގައި އިޢުލާންކުރީމެވެ.

08 ފެބުރުވަރީ 2023
ހޯދާ