މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
"ނެގިގާގަނޑު" ނަމަކަށްކިޔާ ސްޕީޑް ލާންޗުގެ ވެރިފަރާތް ހޯދުމާއި ގުޅޭ:

2007 ވަނަ އަހަރު އެމްޓީސީސީ ތިލަފުށި ބޯޓްޔާޑަށް މަރާމާތު ކުރުމަށް އެހެލާފައިވާ "ނެގިގާގަނޑު" ނަމަކަށްކިޔާ ސްޕީޑް ލާންޗެއް، (ރަޖިސްޓްރީ ނަމްބަރު: C7614A-06-10-T) އެއްވެސް މަސައްކަތެއް ނުކޮށް މިކުންފުނީގެ ބޯޓްޔާޑަށް ދޫކޮށްލައިފައި އޮންނަތާ ގިނަ އަހަރުތަކެއް ފާއިތުވުމާއިއެކު، އެ އުޅަނދު ބޯޓުޔާޑުން ނެރެ، އޭގެ ވެރިފަރާތާއި ހަވާލުކުރުމަށްޓަކައި، ޤާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް ބޭނުންވެއެވެ.

މި ދެންނެވި އުޅަނދުގެ ވެރިފަރާތުން، މިއަދުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކަން މި ކުންފުންޔަށް ލިޔެކިޔުމުން އެންގުމަށްފަހު، އުޅަނދު ގެންދިއުމުގެ މަސައްކަތް ކުރުމަށް އަންގާ އިޢުލާން ކުރަމެވެ. މި މުއްދަތުގެ ތެރޭގައި އުޅަނދު ނުގެންގޮސްފިނަމަ، އިތުރު އެންގުމަކާއި ނުލާ އުޅަނދު ނައްތާލުމުގެ މަސައްކަތް މިކުންފުނީގެ ފަރާތުން ކުރިއަށް ގެންދާނެ ކަމުގައި ދަންނަވަމެވެ. އަދި، މިކަމުގެ ސަބަބުން ލިބިދާނެ އެއްވެސް ގެއްލުމަކަށް މި ކުންފުނިން ޒިންމާ ނުވާނެ ވާހަކަވެސް ދެންނެވީމެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

08 ފެބުރުވަރީ 2023
ހޯދާ