މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ކެނދިކުޅުދޫ ކުޅުދޫ އަވަށު ގަބުރުސްތާނު މަގުފާރު ރޭނުމާއި ބެހޭ

މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކުޅުދޫ އަވަށު ގަބުރުސްތާނު ވަށާފާރު، ދީފައިވާ ކުރެހުމާއި ސްޕެސިފިކޭޝަނާއި އެއްގޮތަށް ރާނައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މިހިނގާ ފެބުރުވަރީ މަހުގެ 14 ވަނަ ދުވަހުގެ 13:00 އަށް މިކައުންސިލްގެ މީޓިންގް ހޯލްއަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށް ފަހު 23 ފެބުރުވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިކައުންސިލުގެ މީޓިންގް ހޯލްއަށް ވަޑައިގެން ބީލަން ހުށަހެޅުމަށް ދަންނަވަމެވެ.

މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

ނޯޓް: މި އިޢުލާނާއި ގުޅިގެން ބާއްވާ މަޢުލޫމާތު ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑްގައި ބައިވެރިވުމުގެ ފުރުސަތެއް ނުދެވޭނެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

07  ފެބުރުވަރީ 2023

07 ފެބުރުވަރީ 2023
ހޯދާ