މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ޗީފް ފައިނޭންޝަލް އޮފިސަރ

މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

                                  އިޢުލާން ނަންބަރު: ‮‭(IUL)MMPRC-HR/1/2023/10

 

ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން: ޗީފް ފައިނޭންޝަލް އޮފިސަރ

މުސާރަ (މަހަކު) : -/23,058 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް: -/8,070  ރުފިޔާ މަހަކު

ލިވިންގ އެލަވަންސް: -/6,917  ރުފިޔާ މަހަކު

- ޓެކްނިކަލް ކޮލިފިކޭޝަން އެލަވަންސް / ސަޕޯޓިންގ ކޮލިފިކޭޝަން އެލަވަންސް: ހުށަހަޅާ އެންމެ މަތީ ސަނަދަށް ބިނާކޮށް

- ލެވެލް 9 އަދި އެއަށްވުރެން މަތިން -/1,750 ރުފިޔާ (މަހަކު)

- ލެވެލް 7 އަދި 8 ގެ ސަނަދަކަށް -/1,250 ރުފިޔާ (މަހަކު)

- ލެވެލް 6 އިން ދަށުގެ ސަނަދަކަށް -/750 ރުފިޔާ (މަހަކު)

-  ހަމަޖެހިފައިވާ އުސޫލުގެ ދަށުން ސުޕަވައިޒަރީ އެލަވަންސް

-  އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން.

ޑިޕާރޓްމަންޓް / ސެކްޝަން: ފައިނޭންސް

ބޭނުންވާ އަދަދު: 1

1- ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު: 

ހ. އެސޯސިއޭޝަން އޮފް ޗާރޓަޑް ސަރޓިފައިޑް އެކައުންޓެންޓް (އޭ.ސީ.ސީ.އޭ) ގެ މެންބަރެއްކަމުގައިވުން ނުވަތަ ސަރޓިފައިޑް ޕްރެކްޓިސިންގ އެކައުންޓެންޓް (ސީ.ޕީ.އޭ) ކަމުގައިވުން، ނުވަތަ ޗާރޓަޑް ބަޕްލިކް އެކައުންޓެންޓްސް (ސީ.ޕީއޭ) ކަމުގައިވުން، ނުވަތަ ޗާރޓަޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓެންޓްސް (ސީ.އައި.އެމް.އޭ) ހާސިލްކޮށްފައިވުން، ނުވަތަ އެނޫންވެސް އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް އެކައުންޓެންޓްސް (އައި.އެފް.އޭ.ސީ) އިން ބަލައިގަންނަ ޕްރޮފެޝަނަލް އެކައުންޓިންގ ބޮޑީއެއްގެ މެމްބަރއަކަށްވުމާއެކު ތިރީގައި އެވާ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛

1. އެކައުންޓިންގ ދާއިރާއިން މަދުވެގެން 7 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން (ފައިނޭންޝަލް އެންޑް ކޯޕަރޭޓް ރިޕޯޓިންގ ދާއިރާއިން މަދުވެގެން 5 އަހަރުގެ ތަޖުރިބާ ހިމެނޭ ގޮތަށް). އަދި؛

2. އެކައުންޓިންގ ދާއިރާގެ ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 3 އަހަރުގެ ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. އަދި؛

3. އައި.އެފް.އާރް.އެސްގެ ނޮލެޖް ހުރި ފަރާތެއް ކަމުގައިވުން.

 (ނުވަތަ)

 ށ. އެކައުންޓިންގ، ފައިނޭންސް ދާއިރާއިން މާސްޓަރސް ނުވަތަ އެއާ އެއްފެންވަރުގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު ތިރީގައި އެވާ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛

1. އެކައުންޓިންގ ދާއިރާއިން މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން (ފައިނޭންޝަލް އެންޑް ކޯޕަރޭޓް ރިޕޯޓިންގ ދާއިރާއިން މަދުވެގެން 5 އަހަރުގެ މަސައްކަތު ތަޖުރިބާ ހިމެނޭ ގޮތަށް). އަދި؛

2. އެކައުންޓިންގ ދާއިރާގެ ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 3 އަހަރުގެ ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. އަދި؛

3. އައި.އެފް.އާރް.އެސްގެ ނޮލެޖް ހުރި ފަރާތެއް ކަމުގައިވުން.

 2- މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

 މި ކޯޕަރޭޝަން ހިންގުމާއި ޙަވާލުވެ ހުންނަ ވެރިޔާގެ ބެލުމުގެ ދަށުން، ސެކްޝަނުގެ އެންމެހާ މަސައްކަތްތައް ހަރުދަނާގޮތެއްގައި ރާވާ ހިންގުމާއި ބެލެހެއްޓުން.

  • ޑިޕާޓްމަންޓުގެ މަސައްކަތްތައް ކުރިއަށްގެންއުމާއި ގުޅޭގޮތުން މެނޭޖިންގ ޑިރެކްޓަރ އަދި އެގްޒެކެޓިވް މެނޭޖްމަންޓް ޓީމަށް ބޭނުންވާ ސްޓްރެޓެޖިކް ލަފާއެރުވުން.
  • ފައިނޭންސް ޑިޕާޓްމަންޓުގެ އެންމެހާ މަސައްކަތްތައް ކޯޕަރޭޝަނުގައި ޢަމަލުކުރާ ޕޮލިސީ އަދި ޕްރޮސީޖަރތަކާއި، ބަޖެޓު، ވާކް ޕްލޭންތަކާއި އެއްގޮތްވާގޮތުގެ މަތިން ކުރިއަށްގެންދިއުމާއި ބެލެހެއްޓުން.
  • ފައިނޭންޝަލް ފޯކާސްޓިންގ އަދި ބަޖެޓު މެނޭޖްކޮށް ބެލެހެއްޓުމާއެކު އެންމެހާ ފައިނޭންޝަލް ރިޕޯޓްތައް (އިންކަމް ސްޓޭޓްމަންޓްސް ، ޓެކްސް ރިޓާން އަދި އެހެނިހެން ރިޕޯޓްސް ހިމެނޭހެން) އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާގޮތް ވިލަރެސްކުރުން.
  • ސްޓްރެޓެޖިކް ޕްލޭން ތައްޔާރުކުރުމަށް ޑޭޓާ އެނަލައިޒް ކުރުމާއި ރިސާޗް ހެދުމުގައި އެގްޒެކެޓިވް ޓީމާގުޅިގެން މަސައްކަތްކުރުން.
  • ދުރުރާސްތާ ފައިނޭންޝަލް ޕްލޭން އެކުލަވާލުމުގައި ލަފާދިނުމާއި، ކޯޕަރޭޝަންގެ ޕްލޭންއާއެއްގޮތްވާ ގޮތުގެ މަތީން އަހަރީ ފައިނޭންޝަލް އޮބްޖެކްޓިވްތައް ކަނޑައަޅައި އިމްޕްލިމަންޓްކުރުން.
  • ކޯޕަރޭޝަނުގެ މާލީހާލަތު ދެނެގަނެ މޮނިޓަރކުރަމުން ގެންދިއުމާއި، ރަނގަޅުކުރެވޭނެ ކަންތައްތައް ދެނެގަތުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުން.
  • ކޯޕަރޭޝަނުގެ ޕްލޭންތަކާއި ލައިބިލިޓީސް ދެނެގަނެ ކޯޕަރޭޝަނުގެ ފައިނޭންޝަލް ރިސްކް މެނޭޖްކުރުން.
  • މިކޯޕަރޭޝަނުގެ ފައިސާއާއި ހިސާބުތައް ބެލެހެއްޓުމުގައި ޢަމަލުކުރާނެ އެސް.އޯ.ޕީ، ޕޮލިސީ އަދި ޕްރޮސީޖާތައް ތައްޔާރުކުރުމާއި ތަންފީޒުކުރުން.
  • އަހަރީ، ކުއާޓަރލީ އަދި މަހުންމަހައް ތައްޔާރުކުރަންޖެހޭ ފައިނޭންޝަލް ރިޕޯޓުތައް ތައްޔާރުކޮށް ކޯޕަރޭޝަނުގެ ޑިރެކްޓަރުންގެ ބޯޑަށް ހުށަހެޅުން.
  • މި ކޯޕަރޭޝަނުން ކުރިއަށްގެންދާ އެންމެހާ ހަރަކާތްތަކުގެ ހިސާބުތައް ބެލެހެއްޓުމާއި، ހަރަކާތްތަކުގެ ޚަރަދުތައް ކުރިއަށްގެންދެވެނީ ކަނޑައަޅާފައިވާ ބަޖެޓުގެ ތެރެއިންކަން ޔަޤީންކޮށް ރިކޯޑްސް ބެލެހެއްޓުން.
  • ކޯޕަރޭޝަނުގެ ފައިނޭންޝަލް ޑޮކިއުމެންޓްތަކާއި ރިކޯޑުތައް ކޯޕަރޭޝަންގެ އުސޫލުތަކާއި އެއްގޮތައް ބަލަހައްޓަމުން ގެންދާގޮތް ވިލަރެސްކުރުން.
  • ސަރުކާރުގެ އިދާރާތަކާއި މި ކޯޕަރޭޝަނުގެ ޑިރެކްޓަރުންގެ ބޯޑަށް ހުށައަޅަންޖެހޭ އެންމެހާ ފައިނޭންޝަލް ރިޕޯރޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ މުއްދަތަށް ފޮނުވުމާއި ހުށައެޅުމުގެ މަސައްކަތްކުރުމާއި އެމަސައްކަތް ވިލަރެސްކުރުން.
  • މި ކޯޕަރޭޝަނުގެ އެކްސްޓަރނަލް އަދި އިންޓާނަލް އޮޑިޓް ޤަވާއިދުން އަހަރުން އަހަރަށް ކުރިއަށް ގެންގޮސް ނިންމުމުގައި ކުރަންޖެހޭ މަސައްކަތްތައް މެނޭޖްކުރުމާއި މޮނިޓަރކުރުން.
  • އިންޓާނަލް އަދި އެކްސްޓާނަލް ސްޓޭކްހޯލްޑަރުންނާއި އެދެވޭ ގުޅުމެއް ބޭއްވުމާއި ގުޅިގެން މަސައްކަތްކުރުން.
  • ފައިނޭންސް ޑިޕާޓްމެންޓުގެ މުވައްޒަފުން މަސައްކަތައް އަހުލުވެރިކުރުމާއި، އެމުވައްޒަފުންގެ މަސައްކަތްތައް ވިލަރެސްކޮށް ބެލެހެއްޓުމާއި، މަސައްކަތުގެ ފެންވަރު ބެލުމާއި، އެމުވައްޒަފުންނަށް ދޭންޖެހޭ އިރުޝާދުދީ މުވައްޒަފުންގެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން.
  • ތެދުވެރިކަމާއި، ނަޒާހާތްތެރިކަން ފަދަ ކަންކަން ޕްރޮމޯޓްކުރުމާއި މުވައްޒަފުންގެ ކުރިއެރުމަށާއި އިނޮވޭޓިވް ޚިޔާލުތައް ބަލައިގަންނަ ފަދަ ސިޔާސަތެއް ކޯޕަރޭޝަންގައި އެކަށައޭނެފަދަ މާހައުލެއް ޤާއިމްކުރުން.
  • އެކައުންޓިންގ އަދި ފައިނޭންޝަލް ޕޮލިސީތަކާއި، ޤަވާއިދުތަކާއި، އުސޫލުތަކާއި އެއްގޮތައް ކޯޕަރޭޝަންގެ މަސައްކަތްތައްކުރިޔަށް ގެންދިއުން.
  • މަސައްކަތުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ގުޅިގެން މަސައްކަތްކޮށް އެދެވޭ ނަތީޖާތައްނެރުން.
  • ޑިޕާޓްމަންޓުގެ މުވައްޒަފުންގެ މަސައްކަތްތައް މޮނިޓަރކޮށް ސުޕަވައިޒްކުރުން.
  • ކޯޕަރޭޝަނުގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުން.
  • ވަޒީފާ ބަޔާނުގައިވާ މަސައްކަތްތައް ކުރުމާއި ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

3- ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް:

16 ފެބުރުވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

4- ހުށައަޅަންޖެހޭ ލިޔުންތައް:

ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް (ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމެނުން).

ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ

ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ.

ކ. މުއްދަތު ހަމަނުވާ ޕޮލިސް ރިޕޯޓް.

5- އިތުރު މަޢުލޫމާތު:

ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.

ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.

ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެhttps://corporate.visitmaldives.com/downloads/ މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައެވެ.

ޅ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ.

 6-  އެޑްރެސް ކުރައްވާނީ:

ތޮއްޔިބު މުޙައްމަދު، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

07 ފެބުރުވަރީ 2023
ހޯދާ