މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށައެޅުމުގެ ދަޢުވަތު - އިރުމަތީފަރާތު ދޮރާށި މަރާމާތުކޮށް އެލްމިނިއަމް ދޮރާއިދޮރުފަތް ހަރުކުރުމުގެ މަސައްކަތް

 

  1. މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، މިއިދާރާގެ އިރުމަތީފަރާތު ދޮރާށި މަރާމާތުކޮށް އެލްމިނިއަމް ދޮރާއިދޮރުފަތް ހަރުކުރުމުގެ  މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއްފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ކޯޓޭޝަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.
  2. ކޯޓޭޝަން ހުށައެޅުން އޮންނާނީ  ‏2023‏ ފެބްރުއަރީ‏ 12ވާ އާދީއްތަ ދުވަހުގެ 13:15ގައި މިއިދާރާގެ މީޓިންގް ރޫމްގައެވެ.
  3. ހުށައަޅާ ކޯޓޭޝަންތައް ވަޒަންކުރާނޭ މިންގަނޑާއި ކޯޓޭޝަންއާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މަޢުލޫމާތު ކަރުދާސް އަދި އަގު ހުށައަޅާ ފޯމު މަސައްކަތަށް ޝައުޤުވެރިކަން ފާޅުކުރައްވައި ނަމާއި، ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް މިއިދާރާގެ އީމެއިލް: [email protected] އަށް މެއިލްކުރެވުމުން އެފަރާތަށް އީމެއިލްކޮށްދެވޭނެއެވެ.
  4. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މިލަދުންމަޑުލުއުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ/ މިނިވަންހިނގުން، ށ.ފުނަދޫ، ދިވެހިރާއްޖެ.

ފޯން:       6540400، 6540463

އީމެއިލް:     [email protected]

ކޮޕީ:        [email protected]

 

 

‏07‏ ފެބްރުއަރީ‏ 2023

07 ފެބުރުވަރީ 2023
ހޯދާ