މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަންހުށައެޅުމުގެ ދަޢުވަތު

  1. މިއިދާރާގެ ނަންބަރ:  (IUL)282/282/2022/63އިޢުލާނާއިގުޅިގެން ހުށަހެޅުނު އަންދާސީ ހިސާބުތައް ބޮޑުކަމަށް ފެންނާތީ، އަލުން އެފުރުސަތު ހުޅުވާލަމެވެ.މިއިދާރާއިން ދޭ މަޢުލޫމާތަކާއި އެއްގޮތަށް، ށ.މާއުނގޫދޫ ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ބޭނުންވާ ރަށު ޕިކަޕް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.
  2.  މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނުނު (2014/19 ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށާއި ޖަމިއްޔާތަކާބެހޭ ޤާނޫނު (ނަންބަރ 1/2003) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޖަމާޢަތްތަކަށެވެ.
  3. މިބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު 12 ފެބްރުއަރީ 2023 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށައެޅުއްވުމުން ނުވަތަ [email protected]  އަށް މެއިލްކުރެއްވުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ.
  4. މިބީލަމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 13 ފެބްރުއަރީ 2023 ވާ ހޯމަ ދުވަހުގެ 13:00 ގައި މިއިދާރާގައި އޮންނާނެއެވެ.
  5. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 16 ފެބްރުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރަގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށައަޅާފަރާތުގެ ނަމާއި، ޢިއުލާނު ނަންބަރާއި، ކޮންކަމަށް ހުށައެޅޭ އަންދާސީހިސާބެއްކަން ލިޔެފައި އޮންނަންވާނެއެވެ.
07 ފެބުރުވަރީ 2023
ހޯދާ