ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުން 2023

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލަމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ "ސާދަވަނަ ބާބުގެ 107" ވަނަ މާއްދާގައިވާ ގޮތުގެ މަތިން ފެބްރުއަރީ މަހު ބާއްވަނޖެހޭ ބައްދަލުވުން 13 ފެބްރުއަރީ 2023 ވަނަ ދުވަހުގެ 13:30 ގައި ހިރިމަރަދޫ ސްކޫލްގެ އޭވީ ރޫމްގައި އޮންނާނެވެ. މި ބައްދަލުވުމުށް 2022 ވަނައަހަރު ކައުންސިލުން ހިންގި ޚަރަކާތްތަކުގެ ތަފްޞީލް ރިޕޯޓާއި ކައުންސިލުންގެ މާލީ ބަޔާންތައް ހުށަހެޅުން އޮންނާނެވެ.

ވީމާ، މި ބައްދަލުވުމަށް ވީހާގިނަ ރައްޔިތުން ވަޑައިގެން ދެއްވުން އެދި ދަޢުވަތު އަރުވަމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

07 ފެބުރުވަރީ 2023
ހޯދާ