އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
މ. މަޑިފުށީގައި ކޯސްޓަލް ޕްރޮޓެކްޝަން އަދި ބީޗް ނަރިޝްކުރުމުގެ މަޝްރޫޢު ޤަވާއިދާއި ޚިލާފަށް ކުރިއަށް ގެންދިއުމާއި ގުޅިގެން ކުރެވޭ ޖޫރިމަނާ

 

މ. މަޑިފުށީގައި ކޯސްޓަލް ޕްރޮޓެކްޝަން އަދި ބީޗް ނަރިޝްކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ޤަވާއިދާއި ޚިލާފަށް ކުރިއަށް ގެންދިއުމާއި ގުޅިގެން އެ މައްސަލަ މި އެޖެންސީން ވަނީ ބަލާފައެވެ. މިގޮތުން މ. މަޑިފުށީގައި ކޯސްޓަލް ޕްރޮޓެކްޝަން އަދި ބީޗް ނަރިޝް ކުރުމުގެ މަޝްރޫޢުގެ އީ.އައި.އޭ މަރުޙަލާ ފުރިހަމަ ކުރުމަކާއި ނުލައި، އަދި ތިމާވެށީގެ ކްލިއަރެންސް ހޯއްދެވުމަކާ ނުލައި ކޮށްފައިވާ މަސައްކަތްތަކަށް ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) އިން ލިބިދޭ ބާރުގެ ދަށުން ހަދާފައިވާ ގަވާއިދު ނަންބަރު 2012/R-27 (ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވާއިދު) ގެ 20 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރަށް ހަވާލާދީ، އެ ގަވާއިދުގެ ޖަދުވަލު (ޖ) ގެ ދަށުން ކުށް ކުރި ފުރަތަމަ ފަހަރަށް ކަނޑައެޅިފައިވާ 20,000.00ރ (ވިހި ހާސް) ދިވެހި ރުފިޔާއިން މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގ ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކޮށް ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ޖޫރިމަނާ ފައިސާ މި އެޖެންސީއަށް ދައްކައި ޚަލާސްކުރުމަށް 5 ޖެނުއަރީ 2023 ގައި މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގ ޕްރައިވެޓް ލިމިޓެޑް އަށް ދަންނަވާފައިވާނެއެވެ.

16

رَجَبُ

1444

07 ފެބުރުވަރީ 2023
ހޯދާ