މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
މާކެޓިންގ ކޯޑިނޭޓަރ

މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

                                      އިޢުލާން ނަންބަރު: ‭(IUL)MMPRC-HR/1/2023/8

 

ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން:  މާކެޓިންގ ކޯޑިނޭޓަރ

މުސާރަ (މަހަކު) : -/8,284 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް: -/2,899 ރުފިޔާ މަހަކު

ލިވިންގ އެލަވަންސް: -/2,485 ރުފިޔާ މަހަކު

- ޓެކްނިކަލް ކޮލިފިކޭޝަން އެލަވަންސް / ސަޕޯޓިންގ ކޮލިފިކޭޝަން އެލަވަންސް: ހުށަހަޅާ އެންމެ މަތީ ސަނަދަށް ބިނާކޮށް

- ލެވެލް 9 އަދި އެއަށްވުރެން މަތިން -/1,750 ރުފިޔާ (މަހަކު)

- ލެވެލް 7 އަދި 8 ގެ ސަނަދަކަށް -/1,250 ރުފިޔާ (މަހަކު)

- ލެވެލް 6 އިން ދަށުގެ ސަނަދަކަށް -/750 ރުފިޔާ (މަހަކު)

- އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: ޑެސްޓިނޭޝަން މާކެޓިންގ

ބޭނުންވާ އަދަދު: 2

  1.  ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

 ހ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ) ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 2.  މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. މާކެޓިންގ ހަރަކާތްތައް (ފެއަރ، ރޯޑްޝޯވ، ފެމްޓްރިޕްތައް އަދި އެހެނިހެން ހަރަކާތްތައް ) ކުރިއަށް ގެންދިއުމުގައި އެހީތެރިވުން. މިގޮތުން އިވެންޓުގެ ލޮޖިސްޓިކްސްގެ ކަންތައްތައް ކުރިއަށްދާގޮތް ބެލެހެއްޓުމާއި، ރެޖިސްޓްރޭޝަން ކުރިއަށް ގެންދިއުމާއި، ސްޓޭކްހޯލްޑަރުންނާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްކުރމާއި، އައިޓިނަރަރީތައް ތައްޔާރުކުރުމާއި، ކޮންޓެކްޓްތައް ހޯދުމާއި، މާކެޓްގެ ޕާފޮރމަންސް އިވެލުއޭޓްކުރުމާއި، ރިޕޯޓްތައް ތައްޔާރުކޮށް ރަނގަޅުކުރަންޖެހޭ ކަންކަން ސުޕަވައިޒަރާ ހިއްސާކޮ، ކުރަންޖެހޭމަސައްކަތްތައް ކުރިއަށްގެންދިއުން.
  2. ގްލޯބަލް އަދި ލޯކަލް ކެމްޕެއިންތަކުގެ ޕްރޮޕޯސަލްތައް ތައްޔާރުކުރުމުގައި އެހީތެރިވުމުގެ ގޮތުން ޕްރޮޕޯސަލް ކޮންސެޕްޓްތައް އިވެލުއޭޓް ކުރުމާއި ލަނޑުދަނޑިތައް ކަނޑައެޅުމާއި، ހާސިލުކުރަން ބޭނުންވާ ނަތީޖާ އަދި ނަތީޖާއަށް ވާސިލުވާނެ ގޮތްތައް ދެނެގަތުމާއި، މަސައްކަތަށް ބޭނުންވާނެ ބަޖެޓާއި އިންސާނީ ވަސީލަތް ދެނެގަތުން އަދި މިފަދަ ކެމްޕެއިންތަކާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުމާއި، ސުޕަވައިޒަރަށް ދޭންޖެހޭ ލަފާ ދިނުން.
  3. ހަވާލުކުރެވިފައިވާ މާކެޓްތަކުގެ ޓްރެންޑްތައް ފާހަގަކޮށް އެ މާކެޓްތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް އެންމެ އެކަށީގެންވާ ހަރަކާތްތަކާއި ސްޓްރެޓެޖީތަކާގުޅޭގޮތުން ރިސަރޗްހަދައި އެފަދަ ހަރަކާތްތައް ރާވައި ހިންގުން.
  4. ޙަވާލުކުރެވޭ މާކެޓްތަކުގެ ހަރަކާތްތައް ސުޕަވައިޒަރގެ ލަފާގެ މަތިން ޕަބްލިކް ރިލޭޝަންސް ފާމްތަކާ ގުޅިގެން ކުރިއަށްގެންދިއުން.
  5. ޙަވާލުކުރެވިފައިވާ މާކެޓުގައި އައްޔަންކުރެވިފައިވާ ޕީ.އާރް ފާމްގެ މަސައްކަތްތައް ކޮންޓްރެކްޓާ އެއްގޮތަށް ކުރިއަށްދޭތޯ ބެލުމާއި އެފަރާތްތަކުން ހުށައަޅާ ރިޕޯޓްތައް ރިވިއުކުރުމާއެކު އެ މާކެޓްތަކަށް އަންނަ ބަދަލުތަކާ އެއްގޮތަށް ރަނގަޅުކުރަންޖެހޭ ކަންކަން ދެނެގަތުމާއި، މިފަދަ މާކެޓް ޓްރެންޑްތަކުގެ ބަދަލާ ގުޅިގެން ޕީއާރް ފާމުތަކުން ބޭނުންކުރާ ސްޓްރެޓިޖީތައް  ގާތުން ވިލަރެސްކުރުމާއި،ރަގަޅުކުރުމަށް ފެންނަ ކަންކަމުގެ ލަފާ ސުޕަވައިޒަރާ ހިއްސާކުރުން.
  6. ހަވާލުކުރެވޭ މާކެޓުގައި ރާއްޖެއާ ގުޅިގެން ޕަބްލިޝްކުރެވޭ އާޓިކަލްތައް އަދި މީޑިއާ ރިޕޯޓްތައް މޮނިޓަރކޮށް މިކަމާ ގުޅިގެން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުން.
  7. ޙަވާލުކުރެވޭ މާކެޓުގައި ފާހަގަކުރެވޭ ޓުއަރ އޮޕަރޭޓަރުން އަދި މީޑިއާގެ ފަރާތްތަކުގެ ޑައިރެކްޓްރީއެއް އެކުލަވާލައި ޤަވާއިދުން ބަލަހައްޓަމުން ގެންދިއުން.
  8. ޙަވާލުކުރެވޭ މާކެޓުގެ އެކި ޖާނަލްތަކުގައި ޕަބްލިޝްކުރާ ރާއްޖެއާ ގުޅުންހުރި އިޝްތިހާރުތަކުގެ ލިސްޓު ބެލެހެއްޓުން.
  9. ޙަވާލުކުރެވޭ މާކެޓާގުޅޭ މަޢުލޫމާތު މިކޯޕަރޭޝަނުގެ އެކްޓިވިޓީ ކަލަންޑަރގައި ޤަވާއިދުން އަޕްޑޭޓްކޮށް ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުން.
  10. ކޯޕަރޭޝަނުން ކަނޑައަޅާ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި، ޙަވާލުކުރެވޭ މަސައްކަތްތައް ނިންމުމުގައި އައު ކަންތައްތަކާއި ހުރި ފުރުޞަތުތަކުގެ ބޭނުންހިފައިގެން މަސައްކަތްކުރުން.
  11. ޙަވާލުކުރެވިފައިވާ މަކެޓްގެ ޙަރަކާތްތަކަށް ކޮންޓެންޓް ތައްޔާރުކުރުމުގައި އެހީތެރިކަން ފޮރުކޮށްދިނުން
  12. އިންޓަރނޭޝަނަލް މާކެޓިންގ ޕްލެޓްފޯމުތަކުގައި ރާއްޖެއާ ގުޅުންހުރި ރަނގަޅު މެސެޖްތައް ފޯރުކޮށްދީ ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތްކުރުން.
  13. އެކި ކަންކަމާ ގުޅިގެން ތައްޔާރުކުރަންޖެހޭ ކޮންޓެންޓް ތައްޔާރުކުރުމުގައި އެހީތެރިވުން.
  14. އިންޓަނޭޝަނަލް ޕްލެޓްފޯމުތަކުގައި ރާއްޖެއާ ގުޅޭ ރަނގަޅު މެސެޖްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ތަފާތު ޚިޔާލާއި އައު ގޮތްތައް ޓީމުގެ މެންބަރުންނާ ހިއްސާކުރުން.
  15. ޑެސްޓިނޭޝަނެއްގެ ގޮތުގައި ދިވެހިރާއްޖެ އިޝްތިހާކުރުމަށް ބޭނުންވާ ޕްރޮމޯޝަނަލް މެޓީރިއަލްސްތަކަށް ކޮންޓެންޓް ތައްޔާރުކުރުން.
  16. ޙަވާލުކުރެވޭ މާކެޓުގެ ކަންތައްތައް މޮނިޓަރކޮށް އަންނަ ބަދަލުތައް ފާހަގަކޮށް ހިއްސާކުރުން.
  17. ޙަވާކުރެވޭ މާކެޓުގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތްތައް ސުޕަވައިޒަރގެ ލަފާގެ ދަށުން، ޕީ.އާރް ފާމްތަކުގެ އެހީއާއެކު ކުރިއަށް ގެންދިއުން.
  18. ތެދުވެރިކަމާއެކު ގުޅިގެން މަސައްކަތްކޮށް މުޅި ޓީމުގެ މެދުގައި އެފަދަ މަސައްކަތުގެ މާހައުލެއް ޤާއިމްކުރުމަށް މަސައްކަތްކުރުން.
  19. ބައްދަލުވުންތަކުގައި ނިންމޭ ކަންކަމާގުޅިގެން ހަދަންޖެހޭ ފޮލޯއަޕްތައް ހަދައި ނިންމަންޖެހޭ މަސައްކަތްތައް ނިންމުން.
  20. ކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާ އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.

 

3. ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް:

 13 ފެބުރުވަރީ 2023 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

4. ހުށައަޅަންޖެހޭ ލިޔުންތައް:

 ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް (ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމެނުން).

ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.

ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ.

ކ. މުއްދަތު ހަމަނުވާ ޕޮލިސް ރިޕޯޓް.

5. އިތުރު މަޢުލޫމާތު:

 ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.

ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.

ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ https://corporate.visitmaldives.com/downloads/#downloads-apf މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައެވެ.

ޅ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ.

6. އެޑްރެސް ކުރައްވާނީ:

 ތޮއްޔިބު މުޙައްމަދު، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

05 ފެބުރުވަރީ 2023
ހޯދާ