ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
30 ޖާގައިގެ ސްޕީޑް ލާންޗެއް ބަނދެދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދައުވަތު

30 ޖާގައިގެ ސްޕީޑް ލާންޗެއް ބަނދެދޭނެ ފަރާތެއް ހޯދުން

           މިކައުންސިލުގެ ދަތުރުތަށް ކުރުމާއި ކައުންސިލްގެ ބޭނުންތަކަށް 34 ފޫޓް ދިގު 09 ފޫޓް ފުޅާ 30 ޖާގައިގެ ސްޕީޑް ލާންޗެއް ކޮންޓެކްޓަރ ފައިނޭންސް އުޞޫލުން ބަންނަން ބޭނުންވާތީ، އެކަމަށް ޝައުޤްވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުޅުވާލަމެވެ.

ބީލަން ރަޖިސްޓަރީ ކުރުން

1. ބީލަން ހުށަހަޅަން އެދޭ ފަރާތްތަކުން ބީލަން ހުށަހަޅަން ރަޖިސްޓަރީ ކުރަންވާނެއެވެ. ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ފޯމް މިއިދާރާގެ ކައުންޓަރުންނާއި، މިއިޢުލާނާއިއެކު ގެޒެޓްގައި އެއްހީރަސް ކުރެވިފައިވާ ފޯލްޑަރުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

2. ރަޖިސްޓަރީ ކުރުމަށް ހަމަޖެހިފައިވަނީ 05 ފެބްރުވަރީ 2023 ން 14 ފެބްރުވަރީ 2023 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައެވެ. އަދި މިމުއްދަތުގައި މިއިދާރާގެ އީ މެއިލް[email protected]  އަށް ފޮނުއްވާ ފޯމްތައްވެސް ރަޖިސްޓަރީކޮށް ދެވޭނެއެވެ. އީމެއިލް އަށް ފޮނުއްވާ ފޯމްތައް ކައުންސިލަށް ލިބުނުކަން ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ.

ރަޖިސްޓްރީ ކުރެއްވުމަށް ކަނޑައަޅާފައިވާ ސުންގަޑިއަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.

ރަޖިސްޓަރީ ކުރުމަށް ހުށަހެޅުން

ރަޖިސްޓަރީ ކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/18) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފަރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/19) ގެ ދަށުން ރަޖިސްޓަރީވެ ރަޖިސްޓަރީގެ މުއްދަތު ހަމަނުވާ ފަރާތްތަކެވެ. ބީލަން ހުށަހެޅުމުގައި ބައިވެރި ވެވޭނީ  މީގެތެރެއިން ކޮންމެވެސް އެއް ޙައިސިއްޔަތަކުންނެވެ.

މަޢްލޫމާތު ސާފުކޮށް ދިނުން

އިތުރު މަޢްލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކަށް މަޢްލޫމާތު ސާފުކޮށް ދިނުމަށް ހަމަޖެހިފައިވަނީ ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާގެ އީ މެއިލް [email protected] އަށް ފޮނުއްވާ މެއިލްތަކަށާއި، ނަމްބަރ 6780757 ، 9655474 ފޯނުންނެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ސުންގަޑި

ތަން: ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމް

ތާރީޚް: 16 ފެބްރުވަރީ 2023 ބުރާސްފަތި ދުވަހުގެ ހެނދުނު 11:00

ބަދަލުގައި މީހަކު ފޮނުއްވާނަމަ: ހުށަހަޅާ ފަރާތުގެ އައިޑީ ކާޑްގެ ފޮޓޯކޮޕީ އަކާއި ސިޓީއެއް ފޮނުއްވަން ވާނެއެވެ. އަދި، ބީލަން ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ.

            ވީމާ، ބިޑް ހުށަހަޅުއްވާއިރު މަޢުލޫމާތު ޝީޓުގައިވާ މަޢުލޫމާތުތަައް ފުރިހަމަކުރެއްވުމަށް ޚާއްޞަ ސަމާލު ކަމެއް ދެއްވުމަށް ދަންނަވަމެވެ.

05 ފެބުރުވަރީ 2023
ހޯދާ