މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނާ ބައްދަލުކުރުން

އިޢުލާން

 

ރައްޔިތުންނާ ބައްދަލުކުރުން

 

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު 2010/7 ގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮންމެ އަހަރަކު ފެބުރުއަރީ މަހުގައި ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ ބައްދަލުވުން 11 ފެބުރުއަރީ 2023 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 20:30 ގައި މާކުރަތު އިޖްތިމާއީ މަރުކަޒުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިބައްދަލުވުމުގައި ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓާއި، މާލީ ރިޕޯރޓް ހުށަހަޅައިދިނުން އޮންނާނެއެވެ. އަދި މިދެންނެވުނު ރިޕޯރޓްތައް މިއިދާރާގެ ސޯސަލްމީޑިއަރ ޕްލެޓްފޯމްތަކުގައި ފެންނަންހުންނާނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިބައްދަލުވުމަށް ވަޑައިގެންދެއްވުން އެދި މާކުރަތު އެންމެހާ ރައްޔިތުންނަށް ދައުވަތު އަރުވަމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

14  ރަޖަބު  1444

05 ފެބުރުވަރީ 2023
ހޯދާ