ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ކުރިނބީ ރައްޔިތު 110 ރުއް ވަރުވާއަށް ދޫކޮށްލުން

ހދ. ކުރިނބީ ރައްޔިތު 110 ރުއް 1 އަހަރު ދުވަހުގެ މުއްދަތަށް ދެބަޔަކަށް ވަރުވާއަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.

ވީމާ، ރުއްތައް ވަރުވާއަށް ނެންގެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުން

އަންދާސީހިސާބު ހުށަހެޅުއްވުން

ތަން: ހދ.ކުރިނބީ ކައުންސިލްގެ އިދާރާގައި

ތަން: ހދ.ކުރިނބީ ކައުންސިލްގެ އިދާރާގައި

9 ފެބުރުވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00

14 ފެބުރުވަރީ 2023 ވާ އަންގާރަ ދުވަހުގެ 13:00

 

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ މުއްދަތު ހަމަނުވާ ފޮޓޯޖެހި ރަސްމީލިޔުމެއް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެނުލައްވާ ފަރާތްތަކަށާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 
05 ފެބުރުވަރީ 2023
ހޯދާ